ހދ އަތޮޅުގެ ކެމްޕެއިން ޓީމުގެ މަސައްކަތް މިއަދުވެސް ފޯރީގައި ކުރިއަށް

ހދ އަތޮޅުގައި މިހާރު އުޅުއްވާ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ޓީމުގެ މަސައްކަތް މިއަދުވެސް ވަރަށް ފޯރީގައި ކުރިއަށް ގެންދާކަމަށް އެ ޓީމުން މައުލޫމާތު ދެއްވިއެވެ.

ހދ އަތޮޅު ކައުންސިލް ރައީސް ހުސެއިން ރަޝީދާއި، ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ޝާހިދު އަދި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަޙުމަދު މައުސޫމު މިއަދު އުޅުއްވަނީ ނޭކުރަންދޫގައި ދޮރުން ދޮރަށް ހިންގެވުމުގައި އަދި މީގެ އިތުރުން ވައިކަރަދޫ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެމްބަރުންނާއި އެކު އެ ރަށް ރީނދޫ ކުރުމު މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ. މީގެ އިތުރުން މިރޭ މަކުނުދޫގައި ކަންމަތީ އާއްމު ޖަލްސާއެއްވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހއ އަދި ހދ އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ ޝިފާ މުޙައްމަދު މިއަދު ހދ އަތޮޅަށް ވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޝިފާއާއި އެކު ހަރަކާތްތެރިވާ ކެމްޕެއިން ޓީމު ނޮޅިވަރަމް އަދި ނޮޅިވަރަމްފަރަށް ވަޑައިގަންނަވާ އެ ދެރަށުގައިވެސް ދޮރުން ދޮރަށް ހިންގަވާ އިތުރު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.