ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އަށާއި، ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށާއި، ޤައުމީ މަޖިލީހުގެ މެމްބަރުންނަށާއި، އެމްޑީޕީގެ ލޮބުވެތި
މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަޙުނިޔާއާއި މުބާރިކްބާދީ ދަންނަވަމެވެ.
އަޅުގަނޑުގެ އުއްމީދަކީ މާތްކަމާއި، ބަރަކާތްތެރިކަމުން ފުރިގެންވާ ހައްޖުގެ އަޅުކަމަށް ފަހު މި އައި ޢީދަކީ އެންމެހާ މުސްލިމުންނަށް އުފާފާގަތިކަން ގެނެސްދޭނޭ ޢީދަކަށް ވުމެވެ. އަދި މި ބަރަކާތްތެރި ޢީދަކީ ޢާއިލާތަކާއި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އަޚުވަންތަކަމުގެ މާތް ގުޅުން އާވެ އާލާވެގެން ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ވުމެވެ.
މާތް ﷲ ހަޡްރަތުގައު ދުޢާ ދަންނަވަނީ މި ޢީދުގެ ދުވަސްތަކުގައި މުސްލިމު އެއްމެހާ އަހުންނާއި އުހުތުންގެ ހިތްހަމަޖެހުމާއި އުފާފާގަތިކަމުގެ ދުވަސްތަކެއް ކަމުގައި މިންވަރު ކުރެއްވުމަށާއި، މި ޢީދުގެ ބަންދުގެ ދުވަސްތައް ހެޔޮގޮތުގައި ހިފުމުގެ ނަޞީބު އެންމެހާ މުސްލިމުންނަށް މިންވަރުކުރައްވުމަށެވެ.
އަދި، ރާއްޖެ ތިޔާގިކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާ އުފާވެރި މާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަށް އެދި މާތް ﷲ ހަޡްރަތުގައު ދުޢާ ދަންނަވަމެވެ.