ހދ. އަތޮޅުގެ ދާއިރާތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “އެއްބުރުން” ކެމްޕެއިން ގެ ހަރަކާތްތައް ފޯރިއާއިއެކު އަލުން ފައްޓަވައިފިއެވެ.
މިގޮތުން ރޭގެ 9 ޖެހިއިރު ކުޅުދުއްފުށީގައި އައްޝެޢިހް ހުސެއިން ރަޝީދު ތަޤްރީރު ކުރެއްވި ޖަލްސާވަނީ ބާއްވާފަ، އަދި މިއަދު ކުޅުދުއްފުށި ރީނދޫ ކުރުން ޕްރްގްރާމް އަލުން ފަށާއިގެން ކުރިއަށް ގެންދާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން ޑރ. ޝާފިޔާގެ އެހީތެރިކަމާއިއެކު ރަށުގައި އެމްޑީޕީގެ މެނިފެސްޓޯގެ މައުލޫމާތު އާއްމުންނާއި ހިއްސާ ކުރައްވާ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ގެ މަސައްކަތްތައް ހިންގަންފަށާނެއެވެ.
އަދި މިއަދު އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަޙްމަދު މައުސޫމު އަދި ހދ. އަތޮޅުގެ އަތޮޅު ކައުންސިލަރ ހުސެއިން ރަޝީދު މިހާރު ހަނިމާދޫގައި ކެމްޕެއިން މަސައްކަތް ވަނީ ފަށްޓަވައި މިއަދު ދޮރުން ދޮރަށް ހިންގަވަން ފަށްޓަވައިފިއެވެ. އަދި މީގެ އިތުރުން ހަނިމާދޫގައި މިއަދު އައްޝެޢިހް ހުސެއިން ރަޝީދު ތަގްރީރު ކުރައްވާ ޖަލްސާއެއްވެސް ބާއްވާގޮތަށް ވަނީ ނިންމާފައެވެ.
ހދ. ނޮޅިވަރަމް ދާއިރާގައި އެދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާޙީމް ވަޙީދު އިސްވެހުންނަވައި އެ ދާއިރާގައި ކެމްޕެއިންގެ ކަންކަން ފަށްޓަވައިގެން ކުރިއަށް ގެންދަންވަނީ ފަށްޓަވާފައެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަޙްމަދު ޙާޝިމު މިއަދު ވައިކަރަދޫގައި ކެމްޕެއިން ހަރަކާތްތައް ފަށްޓަވައި ދޮރުން ދޮރަށް ހިންގަވަންވަނީ ފަށްޓަވާފައެވެ.