ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2010ގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެސްއެމްއެސް މެދުވެރިކޮށް މެމްބަރުންނަށް ރަޖިސްޓްރީކުރެވޭނޭ އިންތިޒާމެއް މިހާރު ވަނީ ތަޢާރަފްކުރެވިފައެވެ. ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރާނީ ވޯޓުލުމަށް ޕޯލިންގ ސްޓޭޝަނަށް ދާން ބޭނުންނުވާ ނުވަތަ ޕޯލިންސްޓޭޝަނަށް ދިޔުމަށް އުޒުރުވެރިވާ މެމްބަރުންނެވެ. މިގޮތަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމަށް ތިރީގައި މިދަންނަވާ މަޢުލޫމާތު އެވާ ތަރުތީބުން ލިޔުއްވުމަށްފަހު އެމެމްބަރަކު ވޯޓުލުމަށް ބޭނުންކުރާނޭ ފޯނު ނަންބަރުން 9902577 އަށް އެސްއެމްކުރައްވާށެވެ.
އެސްއެމްއެސްއިން ވޯޓުލުމަށްޓަކައި ބޭނުންވާ މަޢުލޫމާތު:
1. މެމްބަރުގެ އައިޑީކާޑު ނަންބަރު
2. މެމްބަރުގެ ފުރިހަމަ ނަން
3. ދާއިމީ އެޑްރެސް
4. މިހާރުއުޅޭ އެޑްރެސް
5. މަންމަގެ ނަން
6. ދާއިރާ ނަން ނުވަތަ ދާއިރާ ކޯޑް
7. ފޯނު ނަންބަރު (ރަޖިސްޓްރީކުރުމަށް އެސްއެމްއެސް ފޮނުވާ އަދި ވޯޓުލާނެ ފޯނު ނަންބަރު)
8. އީމެއިލް
9. އެމްޑީޕީގެ ގޮތްޕެއްގައި ހިމެނޭނަމަ އެ ގޮތްޕެއްގެ ނަން
މިއިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ 15 ސެޕްޓެމްބަރ 2010 ވާ ބުދަ ދުވަހެވެ.
ވީމާ 24 ސެޕްޓެމްބަރ 2010ގައި އޮންނަ މި ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރީކުރާނޭގޮތް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ. ދާއިރާތަކުގެ އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އެމްޑީޕީގެ ވެބްސައިޓުން (www.mdp.org.mv) ލިބޭނެއެވެ.
09 ސެޕްޓެމްބަރ 2010