19 އޮކްޓޫބަރު 2013 ވާ ހޮނިހިރުދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް އެތާރީޚަށް އުމުރުން 18 އަހަރު ފުރި ވޯޓު ދިނުމުގެ ހައްގުލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން އެދޭ ހުރިހާ ފަރާތްތައް ރަޖިސްޓްރީވުމަށް ދަންނަވަން

ޚާއްސަ ދަންނަވާލުމެއް

މިގޮތުން މިފަހަރު ފުރަންޖެހޭ ފޯމުގައި ރަޖިސްޓްރީވާން އެދޭ މީހާގެ ފިންގަރޕްރިންޓް އާއި ހެކިންގެ ގޮތުގައި ދެމީޙަކު ސޮއިކޮށް އެދެމީހުންގެ ފިންގަރޕްރިންޓް އޮންނަންޖެހޭ.

މި ފޯމް މާދަމާ ހަވީރު 4 ގަޑި 30 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ.

މި ފޯމު ލިބިވަޑައިގަންނަވާނީ އިލެކްޝަންސް ކޮމިޝަނުންނާއި، ކޮމިޝަނުގެ ވެބްސައިޓުންނާއި ، އެމްޑީޕީގެ މައި އޮފީހުންނާއި، ރަށު ކައުންސިލްގެ އިދާރާތަކުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓުތަކުންނާއި، މއ ޖަންބުގަސްދޮށުގޭގައި ހުންނަ އެމްޑީޕީގެ ޖަންބު ޖަގަހައިންނާއި، މާލެ ސިޓީގައި ހުންނަ އެމްޑީޕީގެ ދާއިރާތަކުގެ ޖަގަހަ ތަކުން.

ރާއްޖެއިން ބޭރުގައި ބެހެއްޓިފައިވާ ވޯޓުފޮށިތަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެހީތެރިކަމަށް ގުޅުއްވާނީ:

ސްރީލަންކާގައި ނަމަ: 0777442714 ނުވަތަ 0777166226
މެލޭޝިއާގައި ނަމަ: 0060173354171
ސިންގަޕޯރގައި ނަމަ: 006584982633
އިންޑިއާގައި ނަމަ: 00919895082811
އިގިރޭސި ވިލާތުގައި ނަމަ mdpmembersuk@gmail.com މި އީމެއިލް އެޑްރެހަށް އީމެއިލް ކުރައްވާ

ރީރެޖިސްޓްރީވުމަށް މިދިޔަ ބުދަދުވަހާއި ބުރާސްފަތިދުވަހު ފިންގަރޕްރިންޓާއެކު ފޯމް ފުރި ފަރާތްތަކުން އަލުން ފޯމް ފުރަން ނުޖެހޭނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވާލަން.

11 އޮކްޓޫބަރު 2013