ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެއްވޭނި މިއަދު ހެނދުނު 9 އަކުން މިރޭ ދަންވަރު 12ޖަހަންދެން ކަމުގައި ދަންނަވަމެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ރެޖިސްޓްރީވުމުގެ ދެން އޮތް މުހުލަތަކީ މިއަދު ހެނދުނު 9އަކުން މިރޭ ދަންވަރު 12ޖަހަންދެނެވެ. އަދި، މިކުރު މުއްދަތުގެ ތެރޭގައި ރެޖިސްޓްރީ ވެފައިވަނީ ރަނގަޅު ފޮއްޓައްތޯ ޗެކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.
މި މުއްދަތުގެ ތެރޭގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ވޯޓުލުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އަލުން ރަޖިސްޓްރީ ކުރައްވަން ޖެހޭނީ، 10 އޮކްޓޯބަރ 2013 އަށް 18 އަހަރު ފުރި، އަލަށް ލިސްޓަށް އިތުރު ކުރެވުނު ފަރާތްތަކާއި، 28 ސެޕްޓެމްބަރ 2013 ގައި ބޭއްވުމަށް އިޢުލާނު ކުރެވި ފަސް ކުރެވުނު ރިޔާސީ އިންތިޚާބުގެ 2013ގެ ދެވަނަ ބުރުގެ ފައިނަލް ލިސްޓުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް އެދޭ ފަރާތްތައް އެކަންޏެވެ.
މި ލިސްޓް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، އެސް.އެމް.އެސް (1414 ID NO: VIS ) އަލީހިލޭ ގުޅެ ނަންބަރު 1414ގެ ޒަރީއާއިން ޗެކު ކުރެވޭނެއެވެ.
ރެޖިސްޓްރީ ވެފައިވަނީ ރަގަޅު ފޮށީގައިތޯ ޗެކްކުރެއްވުމަށް
: vis (space) A000000
ޖެއްސެވުމަށްފަހު 1414 އަށް މެސެޖް ކޮށްލެއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީ ކުރެއްވޭނީ “ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ޓަކައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް” ފުރުއްވާ އިލެކްޝަންސަ އަށް ހުށަ ހުޅުއްވުމުންނެވެ.
މި ފޯމު ލިބިވަޑައިގަންނަވާނީ އިލެކްޝަންސް ކޮމިޝަނުންނާއި، ކޮމިޝަނުގެ ވެބްސައިޓުންނާއި ، އެމްޑީޕީގެ މައި އޮފީހުންނާއި، ރަށު ކައުންސިލްގެ އިދާރާތަކުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓުތަކުންނާއި، މާލެ ސިޓީ ޖަންބު ޖަގަހައިންނާއި، މާލެ ސިޓީގައި ހުންނަ ދާއިރާތަކުގެ ޖަގަހަ ތަކުންނެވެ.
އަދި ތިރީގައި މިވާ ލިންކުންވެސް ފޯމު ލިބިވަޑައިގަންނަވާނެއެވެ.