ރައީސް ނަޝީދު ފ. އަތޮޅު ބިލެއްދޫ ދާއިރާއަށް ފުރާވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ފ. އަތޮޅު ބިލެއްދޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފައްޓަވައިފިއެވެ.

ރައީސް ނަޝީދުގެ މި ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު ފުރަތަމަ ޒިޔާރަތް ކުރެއްވީ ފ. އަތޮޅުގެ ފީއައްޔަށެވެ. އެއަށްފަހު ހަވީރު ބިއްލެއްދޫއަށް ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި މިރޭ މަގޫދޫގައި ކެމްޕެއިން ހަރަކާތްތައް ނިންމެވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާ ހެނދުނުއެވެ.