އެމްޑީޕީގެ ‘އެއްބުރުން’ ކެމްޕެއިން ހަރަކާތްތައް މިރެއިން ފެށިގެން ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ ހިންގާ ކޮމިޓީއިން ނިންމި ނިންމުމާއި އެއްގޮތަށް އެމްޑީޕީގެ ‘އެއްބުރުން ކެމްޕެއިން ހަރަކާތްތައް މިރެއިން (8 އޮކްޓޯބަރ 2013) ފެށިގެން ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތުން މިރޭ ރާޅުގަނޑު ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީގެ އިތުރުން ޕާޓީގެ އިސްވެރިން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

މާދަމާ (9 އޮކްޓޯބަރ 2013) ގައި ރައީސް ނަޝީދު މ،ފ،ދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި އެކި ދާއިރާ ތަކުގެ ކޯރޑިނޭޓަރުންނާއި ކެމްޕެއިން ޓީމްތައް އަތޮޅުތަކަށް ފުރާ، އެކިއެކި ރަށްރަށުގައި ހަރަކާތްތެރިވަމުންދާނެއެވެ.

އެމްޑީޕީގެ ‘އެއްބުރުން’ ކެމްޕެއިން އަލުން ފެށުމާއެކު ޕާޓީގެ ޖަގަހަތަކާއި ހަރުގެތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށްވުރެވެސް ބާރަށް ކުރިއަށް ގެންދިޔުމަށް މިހާރު ވަނީ މަސައްކަތް ފެށިފައެވެ.