އެމްޑީޕީގެ ޗެއަރޕާސަން އާއި ރައީސް ނަޝީދު ސަރުކާރު ފޮރިން މިނިސްޓަރ ލަންކާގެ ކެމްޕެއިން އޭޖެންޓުންނާއި މިއަދު ބައްދަލު ކުރައްވާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން މޫސާ މަނިކާއި، ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް ލަންކާގައި އުޅޭ އެމްޑީޕީގެ ކެމްޕެއިން އޭޖެންޓުންނާއި، ދޮރުން ދޮރަށް ހިނގާ އޭޖެންޓުންނާއި މިއަދު (8 އޮކްޓޯބަރ 2013) ހަވީރު ބައްދަލު ކުރައްވާނެއެވެ.

މިއަދު ހަވީރު 6:30ގައި އޮންނަ މި ބައްދަލު ކުރުން އޮންނާނީ ކޮލަމްބޯގެ ނަންބަރ: 7 ތާރޑް ލޭން، އޯފް ކޯއްޓޭ ރޯޑު، ޕިޓަ ކޯއްޓޭގައެވެ.

އަދި މި ބައްދަލުވުމަށް ލަންކާގައި މަސައްކަތް ކުރާ އެމްޑީޕީގެ ކެމްޕެއިން އޭޖެންޓުންނާއި ދޮރުން ދޮރަން ހިނގާ ފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައެވެ.