ޒާހިރު އާދަމް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން މިރޭ އެމްޑީޕީގެ ޖަލްސާއެއް ބާއްވަނީ

8 ސެޕްޓެމްބަރ 2010

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު)، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދެންނެވުމަށް މިރޭ އެޕާޓީގެ ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީ ހަރުގޭގައި އޮންނަ މިޖަލްސާ ފެށޭނީ މިރޭ (8 ސެޕްޓެމްބަރ 2010 ވާ ބުދަ ދުވަހުގެރޭ) 9.30 ގައި ކަމަށާއި، ވީހާވެސް ގިނަބަޔަކު މި ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީން އެދެއެވެ.