ދިހަހާސް ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ދަށުން ލަގްޒަރީވިލާ އަޅާ ރަށެއްގެ ގޮތުގައި ފާދިއްޕޮޅު ޅޮއްސަލަފުށި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި

7 ސެޕްޓެމްބަރ 2010

ދިހަހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ލަގްޒަރީވިލާ އަޅާ ރަށެއްގެ ގޮތުގައި ފާދިއްޕޮޅު ޅޮއްސަލަފުށި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް މިނިންމެވީ، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރައްވައި، ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.