އަވަސް އިންތިޚާބަކަށް ގޮވާލާ މުޒާހަރާ މިރޭ އޮންނާނެ!

28 ސެޕްޓެމްބަރ 2013ގައި ބާއްވަން ކަނޑައަޅައިފައިވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްގު ނިގުޅާއިގެންފައިވުމާއިއެކު މި ޙައްގު ލިބިދިނުމަށް އެދި އަވަސް އިންތިޚާބަކަށް ގޮވާލުމަށް ބާއްވާ މުޒާހަރާ މިރޭ އޮންނާނެއެވެ. އަދި މިރޭގެ މުޒާހަރާ 8:30ގައި ރާޅުގަނޑު ސަރަހައްދުން ފެށިގެން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި މިރޭގެ މި މުޒާހަރާގައި އަވަސް އިންތިޚާބަކަށް އެދި ގޮވާލުމަށް އެމްޑީޕިގެ މެމްބަރުންނާއި ތަޢީދުކުރައްވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.