ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރައްވައިފި

6 ސެޕްޓެމްބަރ 2010

ރާމިޒް

dsc_0032-450-x-301

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޒާހިރު އާދަމްގެ އެހީތެރިކަން އަބަދުވެސް ސަރުކާރަށް ލިބޭކަމަށާއި، އަދި “މިހާރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޒާހިރު އާދަމްގެ ވިސްނުމާއި، ފިކުރާއި ތަޖުރިބާ ޕާޓީއަށް ލިބޭނެ ކަމީ އެމްޑީޕީއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް” ދެކެވަޑައިގަންނަވާ ކަމަށެވެ.
މާރިޔާގެ މި ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ އިސް ވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ ރޭ ގައެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 31 އެވެ.