އެމްޑީޕީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ނިންމައިފި

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ކުރިމަތިވެފައިވާ ކަންތައްތަކާއި ގުޅޭ ގޮތުން ޤައުމީ ހިންގާ ކޮމިޓިގެ މިއަދު)28 ސެޕްޓެމްބަރ 2013)ގެ މަޝްވަރާ ބައްދަލުވުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓީކް ޕާޓީ (އެމްޑީޕީ)ން މަސައްކަތް ދެން ކުރިއަށް ގެންދާނެގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ނިންމައިފިއެވެ. އަދި މި މަގުޗާޓުގައި އެކުލަވާލެވޭ އެކިއެކި ކަންތައްތައްވަނީ މިއަދު ބޭއްވި ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށްނިންމާފައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ މަޖިލީހުގެ 119ވަނަ ބައްދަލުވުމުގއި މި މަގުޗާޓު ހުށަހަޅާ ގޮތަށްވެސްވަނީ ނިންމާފައެވެ. އަދި މި މަގުޗާޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރައީސް ނަޝީދުގެ ސްޕެޝިއަލް އެންވޯއި އޮންރަބަލް އިބްރާޙިމް ހުސެއިން ޒަކީގެ ބެއްލެވުމުގެދަށުންނެވެ.