ލ. އަތޮޅު ގަމުގަ މިރޭ ވަރަށް ޙާއްސަ މިއުޒިކް ޝޯއެއް އޮންނާނެ

ލ. އަތޮޅުގެ ގަމުގައި މިރޭ(26 ސެޕްޓެމްބަރ 2013) ވަރަށް ޙާއްސަ މިއުޒިކް ޝޯއެއް އޮންނަގޮތަށް ހަމަޖެހިފައިވާކަމަށް ގަމު ދާއިރާގެ ރައީސް ރަޤީބު ޢަލީ ވިދާޅުވެއްޖެއެވެ.

މިރޭ 9 ޖަހާއިރު ގަމުގެ ބާއްވާ މި ޝޯގައި މުޅި އަތޮޅުގެ ހުރިހާ ރަށަކުން މީހުންނަށް ވަނީ ދަޢުވަތު އަރުވާފަކަމާއި، ގަމުގެ މިއުޒިކް ގްރޫޕްތަކުން ބައިވެރިވެގެން ކުރިޔަށް ގެންދާ މި ޝޯ އޮންނާނީ ގަމުގެ އަލަށް އާބާދުކުރާ ސަރަހައްދުގެ ކުޅިވަރުކުޅުމަށް ހުސްކޮށްފައިވާ ބިމުގައިކަމަށްވެސް ރަޤީބު ވިދާޅުވިއެވެ.

މިރޭގެ މިޝޯގައި އަތޮޅުގެ 100އަށްވުރެ ގިނަ ޒުވާނުން އެމްޑީޕީއާއި ގުޅި މި ޙަފްލާގައި ބައިވެރިވާނެ ކަމަށާއި މީގެ ތެރޭގައި ޖުމްހޫރީ ޕާޓީ އަދި ޕީޕަލްސް ޕްރޮގްރެސިވް ޕާޓީގެ ފަރާތްތައް ހިމެނޭކަމަށްވެސް ރަޤީބު ވިދާޅުވިއެވެ.

މި ޝޯގައި ބައިވެރިވެވަޑައިގަތުމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ޝިފާޒު އަދި މިލަންދޫ ދާއިރާގެ މެމްބަރ ޢަލީ ރިޒާ މިހާރު ލ. އަތޮޅަށް ދަތުރުފައްޓަވައިފައިވާކަމަށްވެސް ރަޤީބު ވިދާޅުވިއެވެ.