އެމްޑީޕީގެ “ބާރަށް ކުރިއަށް” ޖަލްސާއާއި ޕެރޭޑް އޮންނާނެ

28 ސެޕްޓެމްބަރ 2013 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން ދިވެހިރައްިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީި)އިން “ބާރަށް ކުރިއަށް” ޖަލްސާއާއި ޕެރޭޑް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިރޭ (26 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ބާއްވާ “ބާރަށް ކުރިއަށް” ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 9 ޖަހާއިރުއެވެ. އަދި މި ޖަލްސާއަށް އެމްޑީޕީގެ މެމްބަރުންނާއި ތާޢީދު ކުރައްވާ ހުރިހާފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައެެވެ.

މާދަމާ (27 ސެޕްޓެމްބަރ 2013) ހަވީރު 330ގައި އުސްފަސްގަނޑުން ފެށޭ “ބާރަށް ކުރިއަށް” ޕެރޭޑްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުން އެދެމެވެ.