ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރނަރާ ބައްދަލުކުރައްވައިފި

2 ސެޕްޓެމްބަރ 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރނަރ މިސްޓަރ ޗިން ގުއަންރޮންގާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ރަސްމީގެ، މުލީއާގޭގައި މިއަދު ހަވީރުއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރެއްވީ ވިޔަފާރިއާއި، އިޢާދަކުރަނިވި ހަކަތައާއި، ފަތުރުވެރިކަމާއި، އަދި ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ވަރަށް ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ޗައިނާގެ އިތުރު ފަތުރުވެރިން ގެނެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.