އެމްޑީޕީ އިއްތިހާދުގެ ޕްރެސް ކޮންފަރެންސެއް މިއަދު ދަރުބާރުގޭގައި އޮންނާނެ

2 ސެޕްޓެމްބަރ 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެޕާޓީ އާއި ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސެއް މިއަދު ( 2 ސެޕްޓެމްބަރ 2010 ވާ ބުރާސްފަތި ދުވަހު) މެންދުރުފަހު 3.00 ގައި ދަރުބާރުގޭ ފަންސަވީސް މާލަމުގައި އޮންނާނެއެވެ.
އެމްޑީޕީއާ ގުޅިފައިވާ އިއްތިހާދުގައި މިހާރު ހިމެނޭ ޕާޓީތަކަކީ އަދާލަތު ޕާޓީއާއި، މޯލްޑިވްސް ސޯޝަލް ލިބަރަލް ޕާޓީ (އެމްއެސްއެލްޕީ) އާއި، މޯލްޑިވްސް ނެޝަނަލް ކޮންގްރެސް (އެމްއެންސީ) އަދި މޯލްޑިވްސް ލޭބަރ ޕާޓީ (އެމްއެލްޕީ) އެވެ.
މީގެ އިތުރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ން ވެސް ވަނީ އެމްޑީޕީއާއެކު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ،