ރައްޔިތުންގެ ވޯޓާއި ދެކޮޅަށް ސްޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ނުރުހުން ފާޅުކުރުމަށް މިއަދު ކުޅުދުއްފުށީގައި މުޒާހަރާއެއް ވަނީ ބާއްވާފައެވެ. އަދި ސްޕްރީމް ކޯޓުގެ އަމަލު ކުއްވެރި ކުރުމުގެ ގޮތުން މިރޭ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
އަދި މި ސިލްސިލާގެ ޖަލްސާތައް ނޭކުރަންދޫ، ވައިކަރަދޫ، މަކުނުދޫގައި މިރޭ އޮންނެކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.