އިންސާފު ޤާއިމު ވަންދެން އިހްތިޖާޖް ކުރުންމަތީ ދެމިތިބުމަށް ޕާޓީގެ ޗެއަރޕާސަން ގޮވާލައްވައިފި

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓް ލުން ލަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމި އިންސާފު ޤާއިމު ވަންދެން އިހްތިޖާޖް ކުރުންމަތީ ދެމިތިބުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މިއަދު ހަވީރު 5 ޖަހާއިރު ރާޅުގަނޑު ސަރަހައްދުން ފެށުމަށް ގޮވާލާއި ހަމަޖެހިފައިވާ އިހްތިޖާޖްތަކާއި ގުޅޭގޮތުން ޗެއަރޕާސަން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ އެންމެންގެ ޙައްޤުގަ އަދި ޙާއްސަކޮށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށް ވޯޓޫ ދިން 95000ހަށް ވުރެ ގިނަ ރައްޔިތުންގެ ޙައްޤު ސްޕްރީމް ކޯޓުން ނިގުޅައިގަންނަށް އުޅޭ އުޅުމާ ދެކޮޅަށް އަޑު އުފުލައި އިޙްތިޖާޖާކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓް ލުން ލަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް ރޭ މާލެ ސިޓީ ހޯލްގައި ބޭއްވީ އެމްޑީޕީގެ 118ވަނަ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުން ވާނީ ޤަރާރެއްވެސް ފާސްކޮށްފައެވެ. އެހެންކަމާއިއެކު މިއަދު 5ޖަހާއިރު މި ފަށާ އިތިޖާޖްތައް ރައްޔިތުންނަށް މިކަމުގައި އިންސާފު ލިބެންދެން ހުއްޓާ ނުލާ ކުރިއަށް ގެންދާާާާގޮތަށް ވަނީ ނިންމާފައިކަމުގަވެސް ޗެއަރޕާސަން ވިދާޅުވިއެވެ.