މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

1 ސެޕްޓެމްބަރ 2010

މި ހުސްވި އޯގަސްޓް މަހުގެ 24 ވަނަ ދުވަހު އުފައްދަވާފައިވާ “މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު”ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅީ ގޮމަށިގޭ އާދަމް މަނިކެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މާފަންނު ބާރަނާގޭ މުޙަންމަދު ވަޙީދު އިސްމާޢީލާއި، ހެންވޭރު ސިލްވަރީން އިސްމާޢީލް ޢާޞިފާއި، ގަލޮޅު ހައްދުންމަތީގޭ ޙަސަން ރައީފާއި، ގަލޮޅު ސައުތުބްރީޒް ޙަސަން ފަޔާޒާއި، ހެންވޭރު ނީލްވިލާ ވާއިލް މުޙަންމަދު ޒާހިރު ޙުސައިނާއި، މާފަންނު ބިއުޓީހައުސް ނަޞްރާ ޢަލީއެވެ.