ރައީސް ނަޝީދު މިއަދު ކުރިއަށްގެންދަވާ “ބާރަށް ކުރިއަށް” ބައެއް ހަރަކާތްތައް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާލޭ ސިޓީގައި އިއްޔެ (23 ސެޕްޓެމްބަރ 2013) ހަވީރު 4.30ރާޅުގަނޑު ސަރަހައްދުން ފައްޓަވައިދެއްވި ގައި 24ގަޑިއިރަށް ދެމިގެންދާ ދުވުމެއް/ހިނގުމެއް މިއަދު ރާޅުގަނޑު ސަރަހައްދުށް ނިންމާނެއެވެ.މާލެވަށާ ދުވުމާއި އަދި ހިނގުމުގެ މިއިވެންޓަގައި ތަފާތު އެތައް ގުރޫޕްތައް ވަނީ ބައިވެރިވެ ވަރަށް ބޮޑު އެއްބައިވުމަކާއިއެކު ފޯރީގައި މި ކެމްޕެއިން އިވެންޓްވަނީ ކުރިއަށް ގެންގޮސްފައެވެ.

އިއްޔެ ހަވީރު 4:30ގައި ރައީސް ނަޝީދު ފައްޓަވައިދެއްވި މި އިވެންޓްގެ ނިމޭބުރުގައި ބައިވެރިވުމުގެ ގޮތުން އެމްޑީޕީ ލަންކާއިންވެސް ވަނީ ފަހު އެއްގަޑި އިރުގެ ދުވުން ކުރިއަށް ގެންގޮސްފައެވެ. ލަންކާގައި މި އިވެންޓް އޮތީ މިއަދު މާލެ ގަޑީން ހަވީރު 4ކުން 5ޖަހަންދެން ޖަޕާން ފްރެންޑްޝިޕް ރޯޑުގައެވެ.

ރައީސް ނަޝީދުގެ މިއަދުގެ ކެމްޕެއިން އިވެންޓްތައް ފައްޓަވައި ދެއްވުމުގައި އެއްމެ ފުރަތަމަ ވަޑައިގަންނަވާނީ ހަވީރު 5 ޖަހާއިރު ލޯކަލް މާރކޭޓު ސަރަހައްދަށެވެ. އަދި އެއަށްފަހު މިއަދު 5:45ގައި ގ. ރަސްރޯނު (ސްޓެލްކޯ ކައިރި)ގައި ގަލޮޅު ދެކުނުގެ ދިދަ ނަންގަވައިދެއްވާނެއެވެ. ހަވިރުގެ މިއިވެންޓަށް ފަހު މިރޭ 9ޖަހާއިރު ރޯޔަލް ޕާކް ކެފޭ (ކްރިކެޓް ސްޓޭޑިއަމް ކައިރި) ގައި “ޔެލޯ މީ” ލަވަ އިފްތިތާޙް ކޮށްދެއްވުމާއި 9:30ފެށޭ ކަންމަތީ ބައްދަލުވުން އޮންނާނީ ހެއްޔޯސާ ޖަގަހަ(މާޔާ ކްލިނިކް ކައިރީ)ގައެވެ.