ފުވައްމުލަކު މިސްކިތް މަގު ކެމްޕެއިން ހަރަކާތްތައް!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފެށެން 5 ދުވަހަށްވެފައި ވާއިރު ފުވައްމުލަކު މިސްކިތް މަގުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ހޯދުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް އެބަދެއެވެ.

މިގޮތުން ކުރިއަށް އޮތް 5 ދުވަހު އަވަށުގެ ގޭގެއަށް ދޮރުން ދޮރަށް ހިނގައި އެމްޑީޕީގެ މެނިފެސްޓޯ އާއި ބެހޭ ލިޔުންތައް ހަވާލުކުރުން ކުރިއަށްދާނެއެވެ. މިކަމުގެ އެންމެ ބޮޑު އަމާޒަކީ ފުރަތަމަ ބުރު އެމްޑީޕީއަށް ވޯޓު ނުދެއްވާ ފަރާތްތަކަށް އެމްޑީޕީއިން ރާވަައިފައިވާ ސިޔާސަތުތައް ކިޔައިދީ ހޭލުންތެރިކޮށް، އެފަރާތްތަކުގެ ވޯޓު އެމްޑީޕީއަށް ކަށަވަރުކުރުމެވެ.

މީގެ އިތުރުން، ރޭގައި (22 ސެޕްޓެމްބަރ 2013) ޒުވާނުންގެ ކޮފީ އެއް ބާއްވައި މަޝްވަރާކުރުން ކުރުން ކުރިއަށް ގެންދިޔައެވެ. އަދި މިރޭ (23 ސެޕްޓެމްބަރ 2013) ގައި ގަންޖާމިގޭގައި ގޯޅީގައި ބާބަކިއުއެއް ބާއްވާ ސަޕޯރޓަރުން އެއްތާކުން ބައްދަލުކުރުމަށް ނިންމާފައިވެއެވެ. އަންގާރަ ދުވަހުގެ ރޭ އަންހެނުންގެ ހަރަކާތްތައް، ބުދަ ދުވަހުގެ ރޭ ޒުވާނުންގެ ކޮފީ ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ބުރާސްފަތި ދުވަހުގެ ރޭ މިސްކިތްމަގު ކަންމަތީ ބައްދަލުވުން ކުޅޭފު މަގުގައި ބާއްވުމަށް އިންތިޒާމްކޮށްފައިވެއެވެ. ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު (27 ސެޕްޓެމްބަރ 2013) ހަވީރު ބޭއްވޭ ލޮރީ ބުރުންނެވެ.