ހދ. އަތޮޅު ކުޅުދުއްފުށިގެ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް)ގެ ރައީސް މުޙައްމަދު އަލީ މިރޭ (22 ސެޕްޓެމްބަރ 2013)ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީއާ ގުޅުވަޑައިގެން ޕާޓިއަށް ސޮއިކުރައްވައިފިއެވެ.
މިރޭ އިރާކޮޅު އެމްޑީޕީ އޮފީސް ހ. ސަރާޝާގައި އޮތް ބައްދަލުވުމެއްގައި މުޙައްމަދު އަލީ ސޮއި ކުރައްވަމުން ވިދާޅުވީ، ކުޅުދުއްފުށި ތަރައްޤީ ކުރަން ބޭނުންކަމަށާއި ކުޅުދުއްފުށި ތަރައްޤީ ކުރެވޭނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރަކުން ކަމަށެވެ.