ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ ޤަރާރަކުން އެޕާޓީގެ ކޮންގްރެސް މިއަންނަ އޮކްޓޯބަރު މަހުގެ 28، 29 އަދި 30 މި ތިން ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ 2010 އޮކްޓޯބަރ 28 ން 30 އަށް މި ޕާޓީގެ ކޮންގްރެސް ދަރުބާރުގޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވޭނީ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.
1. ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުން
2. ދާއިރާތަކުގެ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން
3. 15 ސެޕްޓެމްބަރ 2010ގެ ކުރިން މި ޕާޓީގައި ރަޖިސްޓްރީކޮށްފައިވާ ގޮފިތަކުގެ ރައީސުންނާއި، އަދި އެގޮތްޕެއްގައި ހިމެނޭ ކޮންމެ 100 މެންބަރަކަށް އެއް މަންދޫބު
4. މަޤްބޫލު އުޒުރަކާހުރެ ގޮފީގެ ރައީސްއަށް ކޮންގްރެސްއަށް ވަޑައިގަތުމަށް އުޒުރުވެރިވާނަމަ ގޮފީގެ ނައިބު ރައީސް
ވީމާ މި އިޢުލާނުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުން ކަނޑައެޅުމުގެ ކަންތައް ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން، ގޮފިތަކުން ހަމަޖެއްސެވުމަށްފަހު އެމްޑީޕީ ސެކްރެޓޭރިއަޓް އަށް ލިޔުމަކުން އެންގެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960 ވެބްސައިޓް: www.mdp.org.mv
31 އޮގަސްޓް 2010