“ބާރަށް ކުރިއަށް” މާލެ ސިޓީގެ ދޮރުން ދޮރަށް ހިގުން މާދަމާ އޮންނާނެ

“ބާރަށް ކުރިއަށް” މާލެ ސިޓިގެ ދޮރުން ދޮރަށް ހިނގުން މާދަމާ(21 ސެޕްޓެމްބަރ 2013 – ހޮނިހިރު) 10 ކުން ފެށިގެން ހަވީރު 6 އަކަށް ކުރިއަށް ދާނެއެވެ. މާދަމާކުރިއަށްދާ މި ދޮރުން ދޮރަށް ހިނގުން ފެށޭނީ މއ. ޖަންބު ޖަގަހައިންނެވެ.

މާދަމާ މުޅި ދުވަހުގެ މި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ މާލެ ސިޓީއާ ގުޅުން ހުރި ޕްރޮގްރާމްތަކުގެ ލީފްލެޓް ބެހުމާއި ރައީސް ނަޝީދަށް ތާޢީދު އިތުރު ކޮށް ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި އެމަނިކުފާނަށް ކުރިން ވޯޓު ނުލާ ފަރާތްތަކާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާދަމާގެ މި ދޮރުން ދޮރަށް ހިނގުމުގައި މާލެ ސިޓީގެ މަޖިލިސް މެމްބަރުންނާއި، ދާއިރާ ރައީސުންނާއި، ބްލޮކް އޭޖެންޓުންނާއި އަދި ރޯޑް އޭޖެންޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.