“ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް” ނަމުގައި އެމްޑީޕީ ލަންކާގެ ފަރާތުން ބާއްވާ އިވެންޓްތަކެއް މާދަމާ އޮންނާނެ

“ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް” ނަމުގައި އެމްޑީޕީ ލަންކާގެ ފަރާތުން ބާއްވާ އިވެންޓްތަކެއް މާދަމާ (21 ސެޕްޓެމްބަރ 2013- ހޮނިހިިރު)އޮންނާނެއެވެ.

މިގޮތުން ހެނދުނު 830 ން ހަވީރު 530ހަށް ފުޓްސެލް މުބާރާތެއް ބަބަޅަޕިޓިޔަ ފްލެޓްސް ގްރައުންޑުގައި އޮންނާނެއެވެ. މި މުބާރާތުގައި 10 ޓީމު ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަގުހުރި އިނާމުތަކެއް ހުށަހެޅުމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން މާދަމާ ހަވީރު 430 ން އިރުއޮއްސި 630ހަށް އޮންނާނީ ކުޑަކުދިންނަށް ޙާއްސަކޮށްގެން ބާއްވާ ޕާޓީއެކެވެ. މި ޕާޓީގައި މީރު ކެއުމުގެ އިތުރުން މަޖާ ކުޅިވަރުތައް(ޖަންޕިންގެ ކާސަލް، އާޓް އެގްޒިބިޝަން، މެޖިކް ޝޯ) ފަދަ ކުޅިވަރުތައް ހިމެނޭނެއެވެ.

މާދަމާ ހަވީރު އިވެންޓް ނިމިގެން ރޭ 730ން 1000އަށް އޮންނާނީ “ޑިނަރ ނައިޓް” އެވެ. މި ޑިނަރ ނައިޓްގައި ލައިވް މިޔުޒިކާއިއެކު “ރައީސް ނަޝީދަށް ތާއީދު ކުރަނީ ކީއްވެ” ނަމުގައި އޯޕަން މައިކް ސެޝަންއެއްވެސް ކުރިއަށްދާނެއެވެ. އަދި މި ސެޝަނަށްވެސް އިނާމު ހުށަހެޅިފައިވެއެވެ.

ކުޑަކުދިންގެ ހަވީރާއި ރޭގަނޑުގެ ޑިނަރ އޮންނާނީ ދެހިވެލަ ޒޫ ކައިރި ހުންނަ ޖަނަޖަޔަ ރިސެޕްޝަން ހޯލުގައެވެ. މިއިވެންޓަތައް ކުރިއަށްދާއިރު ސްރީލަންކާގައި ރައީސް ނަޝީދާއި އެކުނެގި ފޮޓޯތައް ބަހާގޮތަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ އޮންނަ އިވެންޓްތަކުގައި ބައިވެރިވުމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ދިވެހީންނަށް ވަނީ ދަޢުވަތު އަރުވާފައެެވެ.