ހދ އަތޮޅުގެ ބައެއްރަށްރަށުގައި “ބާރަށް ކުރިއަށް” ކެމްޕެއިން މިއަދުވެސް ކުރިއަށް

ހދ އަތޮޅުގެ “ބާރަށް ކުރިއަށް” ކެމްޕެއިން ހަރަކާތް ހިންގުމަށްޓަކައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަޙްމަދު މައުސޫމް އަދި ކެމްޕެއިން ޓީމު އިިއްޔެ (18 ސެޕްޓެމްބަރ 2013) މަކުނުދޫ އަށް ޒިޔާރަތް ކުރެއްވިއެވެ.

މަކުނުދޫގައި އިއްޔެ ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގައި މައިގަޑު މަސައްކަތެއްގެ ގޮތުގައި ދޮރުން ދޮރަށް ވަނީ ހިންގަވާފައެވެ. އިއްޔެގެ ދޮރުން ދޮރަށް ހިނގުމުގައި އިސްކަންދެއްވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ވޯޓު ނުދޭ ފަރާތްތަކާއި ބައްދަލު ކުރައްވާ ރައިސް ނަޝީދަށް ތާއީދު އިތުރު ކުރުމަށް ކުރެވުނު މަސައްކަތްތަކަށެވެ. މީގެ އިތުރުން ރޭ ގައި މަކުނުދޫގެ “ބާރަށް ކުރިއަށް” ކަންމަތީ ބައްދަލުވުންވެސް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން މިއަދު ނޮޅިވަރަމް، ނޮޅިވަރަންފަރު، ކުރިނބީ އަދި ކުމުންދޫއަށް ޒިޔާރަތްކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު މި ރަށްތަކަށްދަތުރު ކުރައްވާ ޓީމުގައި ހިމެނިވަޑައިގަންނަވަނީ. ޢަހްމަދު މައުސޫމުގެ އިތުރުން ، ނޮޅިވަރަމް ދާއިރާގެ ދާއިރާ ރައީސް އިބްރާޙިމް ވަޙިދާއި، ހދ. އަތޮޅު ކައުންސިލަރ ހުސެއިން ރަޝީދާއި އަދި ވައިކަރަދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އާދަމް ޝާހިދެވެ.