ރައްޔިތުންގެ މަޖިލިސް ފެށުން

noosbayan

ނަންބަރު:MDP–PG-2013-PR-005
ތާރީޚް: 18 ސެޕްޓެމްބަރ 2013

ރައްޔިތުންގެ މަޖިލިސް ފެށުން

7 ސެޕްޓެމްބަރ 2013ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން މިޕާޓީގެ ކެންޑިޑޭޓް ބޮޑު ފަރަގަކުން ދެވަނަ ބުރަށް ހޮވުމާގުޅިގެން، ވާދަވެރި ސިޔާސީ ފަރާތްތަކުން ދުސްތޫރީ ހަމަތަކާއި، އުސޫލުތައް މުގުރާލާ، ޑިމޮކުރަސީއާއި ދުރަށް މިސްރާބު ޖަހާފައިވާ ކަމަށް ފެންނަހިނދު، ޤާނޫނު އަސާސީ މެދުވެރިކޮށް ދައުލަތުގެ އެންމެހާ މުއައްސަސާތަށް ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށް ވާތީވެ، ރައްޔިތުންގެ މަޖިލިސް ވަގުތުން ވަގުތަށް ފެށުމަށް މިއަދު ހެނދުނު 10:00ގައި ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުން ނިންމައިފި.