28 ސެޕްޓެމްބަރ 2013ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ތާއީދު އިތުރު ކުރުމަށް ޗެއަރޕާސަން މޫސާ މަނިކު “ބާރަށް ކުރިއަށް” ކެމްޕެއިން ދަތުރުފުޅުގައި މިވަގުތު ހުންނެވީ އިންޑިއާގެ ޓްރިވެންޑްރަމްގައިއެވެ.
ޗެއަރޕާސަންގެ މި ކެމްޕެއިން ދަތުރުފުޅުގައި މިއަދު( 15 ސެޕްޓެމްބަރ 2013)މެންދުރު 2ކުން ފެށިގެން 4 ސެޝަނަށް ބަހާލައިގެން އެމްޑީޕީގެ މެމްބަރުންނާއި، ސަޕޯޓަރުންނާއި އަދި ކެމްޕެއިން އޭޖެންޓުންނާއި އެކު ބައްދަލުވުންތައް ވަނީ ކުރިއަށް ގެންދަވާފަކަމުގައި ޗެއަރޕާސަން ވިދާޅުވިއެވެ. އަދި މިރޭ 8ކުން ފެށިގެން “ބާރަށް ކުރިއަށް” ޖަލްސާ ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައިކަމުގަ ޗެއަރޕާސަން ވިދާޅުވިއެވެ.
އެމްޑީޕީގެ މިދަތުރުގައި ޗެއަރޕާސަންގެ އިތުރުން މާފަންނު ދެކުނު ދާއިރާ މަޖިލިސް މެމްބަރ އިބްރާޙިމް ރަޝީދު(ބޮންޑަ)އާއި އެމްޑީޕީގެ ކެމްޕެއިންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.