ޓީޗަރުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ތަރައްގީގެ 137 ޕްރޮގްރާމް ހިންގުމަށްވެސް ކޮންމެހެން ބޭނުންތެރި ބައެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެެވެ.
އިއްޔެ (13 ސެޕްޓެމްބަރ 2013) ހަވީރު މާފަންނު މަދަރުސާ ހޯލުގައި ޓީޗަރުންނާއި ބައްދަލުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ޓީޗަރުންގެ ފެންވަރާއި ލިބޭ އާމްދަނީ އާއި ލިބޭ އެކި އިނާޔަތްތައް ފާހަގަވާން ޖެހެއެވެ. އަދި މިހާތަނަށް އެންމެ ބޮޑަށް ވާހަކަ ދެއްކިފައިވަނީ ތައުލީމީ ނިޒާމް ބައްޓަން ކުރަން ބޭނުންވާ ގޮތުގެ ވާހަކަތައް ކަން ފާހަގަކުރައްވަމުން ޓީޗަރުންގެ މުސާރަ އެންމެ ފަހުން ބޮޑު ކުރެވުނީ އެންމެ ފަހުން 2009 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ކަންވެސް އެމަނިކުފާން ވަނީ ފާހަގަކުރައްވާފައެވެ. 2009 ވަނަ އަހަރު މުސާރަޔަށް ބޮޑު ކުރިއެރުމެއް ގެނެވުނު ކަމަށާއި އެހެނަސް 2009 ވަނަ އަހަރު އިޤްތިސާދައް ދިމާވި ހާއްސަ ހާލަތުގެ ސަަބަބުން ސިވިލް ސާވިސް މުވައްޒަފުންފެ މުސާރައިން އުނި ކުރެވުނު ކަން ފާހަގަ ކުރައްވަމުން އެ މަނިކުފާން ވިދާޅުވިގޮތުގައި 2011 ވަނަ އަހަރު ނިންމީ 2012 ވަނަ އަހަރު އެ ފައިސާ އަނބުރައި ދީ 2011 ވަނަ އަހަރު އަލުން މުސާރަ އިޔާދަ ކުރުމަށެވެ. އަދި 2012 ވަނަ އަހަރުގެ ބަޖެޓުގައި އެކަން ބަޖެޓު ކުރެވުނު ކަންވެސް ފާހަގަކުރެއްވިއެވެ.
މާލޭގައި ޓީޗަރުންނަށް ފްލެޓް އިމާރަތް ކުރުމަށް ފެށި އެ ފްލެޓް ތަކުގެ މަސައްކަތް ކުރިޔަށް ދާކަން ފާހަގަކުރައްވަމުން ޓީޗަރުންނަށް ފްލެޓް އެޅުމަށް ފެށުމަކީ ސިޔާސަތެއް ފަށައިގަތުން ކަމަށް ވެސް އެމަނިކުފާން ވިދާޅުވިއެވެ. އަދި އެއީ ޓީޗަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި މިކަން ނިމޭނީ ކޮންމެ ޓީޗަރަކަށްވެސް ފްލެޓެއް ލިބި ދިރިއުޅެވޭނެ ގޮތް ތަނަވަސް ކޮށްދިނުމަށް ފަހުކަމަށް އެމަނިކުފާން ވަނީ ފާހަގަކުރައްވާފައެވެ. އަދި ހާއްސަ ގޮތެއްގައި ރަށްރަށުގައި ދިރިއުޅޭ ޓީޗަރުންނަށް ތަނަވަސް ކަމާއި ރީތި ގޮތުގައި އުޅެވޭނެ ގޮތް އެމްޑީޕީއިން ހޯދައި ދޭނެކަމުގެ ޔަގީންކަންވެސް އެމަނިކުފާން ވަނީ އަރުވާފައެވެ. ހަމައެހެންމެ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލާފައިވަނީ ޓީޗަރުންގެ މުސާރަ އިތުރުކުރެވޭނެ ގޮތައްކަން ފާހަގަކުރައްވަމުން އެ އާމްދަނީ ދައުލަތައް ލިބޭނެގޮތްވެސް އެކުލަވާލަަފައިވާކަންވެސް ހާމަކުރެއްވިއެވެ.
ހުރިހާ ރަށެއްގެ ހުރިހާ ޓީޗަރުންނަކީ ދިވެހިން ކަމުގައި ހެދުމަކީ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވަމުން އެގޮތުން ސްކޮލާޝިޕްތަކުގެ ފުރުސަތަކީ ސީދާ ސްކޫލުން ދޭ ފުރުސަތުތަކެއްގެ ގޮތުގައި ހަމަޖައްސައި ސްކޫލުން އެ މަސައްކަތްތައް ހިންގޭނެ ގޮތްވެސް ހަމަޖައްސާނެކަމަށް ވިދާޅުވިއެވެ. އަދި ސްކޫލުތަކުގެ ބޯޑުން ސްކޫލުތައް ހިންގާގޮތައް ހަމަޖެހި އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލުތައް ހިންގާވަރު ކުޑަކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއްދަން ފަޅިޔަށް ސްކޫލުތައް ބަދަލުކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވަމުން އެމްޑީޕީން ހިންގުމަށް ނިންމާފައިވަނ 137 ޕްރޮގްރާމުގެ ތެރެއިން 23 ޕްރޮގްރާމަކީ ތައުލީމާއި ބެހޭ ޕްރޮގްރާމްތައްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެ ޕްރޮގްރާމްތައް ހިންގުމަށް ފަސް އަހަރު ތެރޭގައި 4.5 ބިލިޔަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ވަށާ ޖެހޭ ތައުލީމު ހުރިހާ ސްކޫލަކަށްވެސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވޭނެއެވެ. އަދި ކުލާސް ރޫމްތައް ހެދުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެކަން ފާހަގަކުރައްވަމުން އެމްޑިޕީގެ 3 އަހަރުގެ ތެރޭގައި 243 ކުލާސް ރޫމް އެޅުނު ކަން ވަނީ ހާމަކުރައްވާފައެވެ. އަދި އެގޮތައް ކަންތަައް ކުރުމުން 150 މަދަރުސާ އެއް ދަންފަޅިޔަށް ބަދަލު ކުރެވުނުކަމާއި އަދި އިތުރަށްވެސް ގިނަ މަދަރުސާތަކެއް އެއްދަންފަޅިޔަށް ބަދަލުކުރަން ޖެހޭ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ޤުރުއާން މުދައްރިސުންނާއި ޑިޕްލޮމާ ފެންވަރުގެ ޕްރީ ސްކޫލް ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ހުނަރުވެރިންގެ އޮންލައިން ތަމްރީންތަކަށް 72 މިލިޔަން ރުފިޔާ ކަނޑައަޅައިފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ސައިންސް ސްޓްރީމް ކިޔަވާ ނުދޭ މަދަރުސާ ތަކުގައި ސައިންސް ކިޔަވާދިނުން ފެއްޓުމަށްޓަކައި 47 މިލިޔަން ރުފިޔާ ހަރަދު ކުރެވޭނެއެވެ. އަދި ސައިންސް ލެބްތައް ގާއިމްކޮށް 300 ދިވެހި ސައިން މުދައްރިސުން ތައްޔާރުކުރުމަށްޓަކައި 262 މިލިޔަން ރުފިޔާ ހަރުދުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓް ހެދޭއިރު އެންމެ ބޮޑު ހަރަދެއް ކުރެވެން ޖެހޭނީ ތައުލީމަށް ކަން ފާހަގަކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވިގޮތުގައި މަތީ ތައުލީމަށްވެސް ބޮޑު ހަރަދުތަކެއް ކުރަންޖެހެއެވެ. ޕްރައިމަރީ ސްކޫލުތަކުގެ މައްސަލަައަކީ ރާއްޖޭގެ ހުރިހާތަނަކަށްވެސް ދިމާވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވަމުން ވިދާޅުވޮގުތުގައި އެމްޑީޕީގެ އަމާޒަކީ މުވައްޒަފުންނާއި އިމާރަތް ފޯރުކޮށްދީ ޓީޗަރުންނަށް ދޭ މުސާރަޔަކީ ރަށު ކައުންސިލުންދޭ އެއްޗެއް ކަމުގައި ހަދާ އެ ފޯރުކޮށްދިނުމަށް ބޭނުންވާ އާމްދަނީ ހޯދާނެ ގޮތް ރަށު ކައުންސިލަށް ލިބޭނެ ގޮތް ހަދައި ދިނުން ކަމަށްވެސް ވިދާޅުވިއެވެ.