ޖުމްހޫރީ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އެމްޑީޕީއިން ތަދައްޚުލު ވުމަށް ހައި ކޯޓަށް ހުށަހަޅައިފިއެވެ.
7 ސެޕްޓެމްބަރ ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިޖާ ޤަބޫލުނުކޮށް ޖުމްހޫރީ ގުޅުމުން ހައިކޯޓަށް ހުށަހެޅި މައްސަލައަށް އެމްޑީޕީން ތަދައްހުލްވުމަށް ހައި ކޯޓަށް ހުށަހެޅި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓަކީ މި އިންތިޚާބުގައި ބައިވެރިވެވަޑައިގެންފައިވާ ކެންޑިޑޭޓްއަކަށް ވާތީއާއި އަދި އެއްމެބޮޑު ކާމިޔާބީއެއް ފުރަތަމަ ބުރުން ހޯއްދެވި ކެންޑިޑޭޓް ކަމަށްވެސް ވާތީ، މި ރިޔާސީ އިންތިޚާބާ ބެހޭގޮތުން ޖޭޕީއިން ޝަރިއްޔަތަށް ހުށަހެޅި މައްސަލައަކީ މި ޕާޓީގެ މަސްލަހަތު އޮތް ކަމަކަށް ވާތީވެއެވެ.
ޖުމްހޫރީ ޕާޓީއިން ހައިކޯޓަށް ހުށަހަޅާފައިވަނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ރަޖިސްޓްރީ ހޯދުމަށެވެ. އެމައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ޖުމްހޫރީ ޕާޓީއިންވަނީ އެލިސްޓު ހޯދަން އިލެކްޝަނަށް ހުށަހަޅާފައެވެ. ނަމަވެސް އިލެކްޝަނުންވަނީ ކޯޓު އަމުރެއް ނެތި އެލިސްޓު ދޫކުރުމަށް އިއުތިރާޒުކޮށްފައެވެ.