މާލެ ދަފްތަރަށް ޙާއްސަކޮށް ބާއްވާ ޕޮލިސީ ބްރީފިން މިރޭ ޖަންބުގަސްދޮށު ޖަގަހައިގަ އޮންނާނެ

މާލެ ދަފްތަރަށް ޙާއްސަކޮށްގެން އެމްޑީޕީގެ ޕޮލިސީ ޓީމުން ކުރިޔަށް ގެންދާ ޕޮލިސީ ބްރިފިންގެ ސެޝަން މިރޭ(11 ސެޕްޓެމްބަރ 2013) 9 ޖަހާއިރު ޖަންބުގަސްދޮށު ޖަގަހައިގައި އޮންނާނެއެވެ. މިރޭގެ މި ޕޮލިސީ ސެޝަންއަށް ދަފްތަރުގަ ހިމެނޭ އެންމެހާ ބެފުޅުންނަށް ދަޢުވަތު އަރުވަމެވެ.

އެމްޑީޕީ ޖަންބުގަސްދޮށު ޖަގަހައިގެ 3 ވަނަ ފްލޯގައި ހަރަކާތްތައް ކުރިޔަށް ގެންދާނީ ދަފްތަރުގެ ބޭފުޅުންނަށް ޙާއްސަކުރެވިގެންނެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9ކުން ފެށިގެން އެމްޑީޕީގެ “ބާރަށް ކުރިޔަށް” ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ. މިގޮތުން މިއަދު ހެނދުނު އެންމެފުރަތަމަ ހަރަކާތެއްގެ ގޮތުގައި ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތްވަނީ ފަށާފައެެވެ.