އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅުއްވަން ކުރީގެ ފޯމް މިފަހަރުވެސް ބޭނުން ކުރެއްވޭނެ

އިލެކްޝަންސް ކޮމިޝަންގެ ވޯޓު ރަޖިސްޓްރީގައި ނަން ނެތުން، މައުލޫމާތު ގޯސް ކޮށް އޮތުން، މަރުވެފައިވާ މީހަކު ރަޖިސްޓްރީގައި އޮތުން އަދި އެނޫން ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނީ މިއަދާއި މާދަމާ(10 އަދި 11 ސެޕްޓެމްބަރ)އެވެ.

އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅުއްވަން ކުރީގެ ފޯމް މިފަހަރުވެސް ބޭނުން ކުރެއްވޭނެއެވެ. އަދި އިލެކްޝަންސް ވެބްސައިޓްއިން ޝަކުވާ ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.