ޑރ.މުހައްމަދު ވަހީދު ޙަސަން މަނިކު މިހާރުން މިހާރަށް އިސްތިއުފާ ދެއްވައި އިންތިޤާލީ އިންތިޒާމްތަކެއް އެކުލަވާލުމަށް ގޮވާލާ ނެރޭ ނޫސް ބަޔާން

noosbayan

2013 ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ބަޣާވާތަކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ ވެރިކަން ވައްޓާލައި ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑރ.މުޙައްމަދު ވަހީދަށް އެންމެ %5.1 ތާއީދު ލިބުމުން ހާމަވެގެންދަނީ ޑރ.ވަހީދުގެ ވެރިކަމަކީ ސައްޙައްނޫން ވެރިކަމެއްކަމެވެ. ވޯޓުލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ %89 ވޯޓުލައި އެންމެ %5 ލިބިގެން ދިއުމުން ހާމަވެގެންދަނީ ރައްޔިތުންގެ އިތުބާރު ޑރ.ވަހީދަށް ގެއްލިފައިވާކަމެވެ. އަދި ދިވެހި ސަރުކާރުގައި ހުންނަވައި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމުގެ ޙައްޤު ޑރ.ވަހީދަށް ލިބިގެންނުވާކަމެވެ.

ދިވެހިރައްޔިތުންގެ އެއްވެސް ތާޢީދެއް ލިބިފައިނުވާ ބޭފުޅަކު ދިވެހިރާއްޖޭގެ ވެރިކަމުގެ ހުންނެވުމަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާކަމެކެވެ. ޑރ.ވަހީދުގެ ކެބިނެޓާއި އަދި އެބޭފުޅާ އައްޔަން ކުރައްވާފައިވާ ޕޮލިސް ކޮމިޝަނަރާއި އަދި މިނިވަން މުވައްސަސާތަކަށް އައްޔަން ކުރައްވާފައިވާ އެކިއެކި މެމްބަރުންގެ ބޭނުންކުރައްވާއިގެން ދައުލަތް ހިންގުމަށް ނުފޫޒު ފޯރުވައި އަދި ޚަރަދު އިތުރުވެގެން ދިއުމަކީ އެމްޑީޕީން ކަންބޮޑުވާ ކަންކަމެވެ.

އެހެންކަމުން މިހާރުން މިހާރަށް ޑރ.ވަހީދު އެ މަޤާމުން އިސްތިއުފާ ދެއްވައި ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޤާނޫނުނާއި ޤަވާއިދާ އެއްގޮތްވާތޮގު މަތިން ދައުލަތް ހިންގުމަށާއި ރައްޔިތުންގެ އެއްވެސް ތާޢީދެއް ނެތް ފަރާތެއްގެ އަމިއްލަ މަސްލަހަތުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިންތިޤާލީ އިންތިޒާމުތަކެއް ޤާއިމުކުރުމަށް އެމްޑީޕީން ގޮވާލަމެވެ.