އަޅުގަނޑުމެން މި ތައްޔާރުވަނީ ކޮލިފައިން ކުޅެފައި ފައިނަލް މެޗަށް – މާރިޔާ އަޙްމަދު ދީދީ

8350

އަޅުގަނޑުމެން މި ތައްޔާރުވަނީ ކޮލިފައިން ކުޅެފައި ފައިނަލް މެޗަށް ކަމަށާއި އިއްޔެ ކޮލިފައިން މެޗް ކުޅުނު އިރު ރައީސް ނަޝީދު ކެޕްޓަން ގޮތުގައި ހުންނަވާ ހޯއްދެވި އެއް ލައްކަޔެއްހާ ވޯޓަށް މަރުހަބާދަންނަވަން ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ (8 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި އޮތް އެމްޑީޕީގެ “ބާރަށް ކުރިޔަށް” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވިގޮތުގައި އަޅުގަނޑުމެންނަށް މިފެންނަނީ އޯގާތެރި ހެޔޮ ވެރިކަމެއް ކޮށްދެއްވުމުން ރައްޔިތުން އެކަން ގަބޫލުކޮށް އެކަމާ ޝުކުރުވެރިވެ ބަޣާވާތުގެ ހާލަތުން ނެއްޓުމަށްޓަކައި އަޅުގަނޑުމެންނާއި އެކީ މަސައްކަތްކޮށް އެމްޑީޕީއިން ގެނައި މެނިފެސްޓޯއާއި މިޕާޓީއަކީ ވައުދުވެ ވާ ވައުދު ފުއްދާ ޕާޓީއެއްކަން ރައްޔިތުން ގަބޫލުކޮށް އެމްޑީޕީއަށް ވޯޓް ދިން ތަންކަމެވެ.

ހަމައެހެންމެ ދުވަސްވީ މީހުންނަށް 3000 ރުފިޔާ ދޭނަންކަމަށް ވާދަވެރިން ވިދާޅުވިކަމަށް ފާހަގަކުރައްވަމުން 5000 ރުފިޔާ ދޭނަން ކަމަށް އިންތިހާބު ކައިރިވުުމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެހެނަސް އެގޮަތަށް ނީލަން ފިހާރަޔެއްހެން ދޮށީ އުމުރުގެ މީހުން ކިޔާލީމާ އެކަމާ އެމީހުން ހިތްހަމަނުޖެހޭ ކަމަށާއި ދެވެން އޮތް އެއްޗެއް ދެވެން އޮތް ވަރަކަށް ދެއްވާނެ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދުކަމަށް އެމީހުން ގަބޫލުކުރާކަމަށްވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިއިންތިހާބުން ގިނަ ކަންތައްތަކެއް ފެނިއްޖެ ކަމަށް ވިދާޅުވަމުން މާރިޔާ ފާހަގަކުރެއްވި ގޮތުގައި 30 އަހަރުގެ ސަރުކާރުގައި ހުންވައިގެންވެސް މައުމޫން އަބްދުލް ގައްޔޫމަށް ރައީސް ނަޝީދަށް ހޯއްދެވުނު ވޯޓާއި ގާތައްވެސް ނުހޯދުނު ތަނާއި ބަޣާވާތެއްކޮށްގެން ސަރުކާރު ހިންގިޔަސް އެކަން ރައްޔިތުންނަށް ނޯޅޭތަންވެސް ފެނުނެވެ.

ރައީސް ނަޝީދު އަބަދުވެސް ކިތައްމެ ވަރުބަލި ފުޅުވެފައި ހުއްޓަސް ހިނިތުންފުޅުވެފައި ކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވިގޮތުގައި އެމަނިކުފާން ވަގުތު ހައްދަވައި ހޯއްދަވައިގެންވެސް ރައްޔިތުންނާއި ވާހަކަފުޅު ދައްކަވައި ރައްޔިިތުންގެއަޑު އައްސަވައި ހާލު އަހުވާލު ބައްލަވައި ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދެއްވައެވެ. އެހެންނަމަވެސް ރަށްރަށަށް އެރުމުން ޕީޕީއެމްގެ ކެންޑިޑޭޓް މިވީހާ ދުވަހަކު ހަމަ ލޮލުންވެސް ނުފެއްނަކަމަށް ރައްޔިތުން ބުނާ ކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވިގޮތުގައި ރައްޔިތުން ފައިނަލް މެޗުގައި މިއަދު މިނެކިރާލަން ޖެހެނީ ވަރަށް ފަސޭހައިން ނިންމާލެވޭނެ ނިންމުމެކެވެ.

30 އަހަރުގެ ދިގު ވެރިކަމަށް އަލި އަޅުވާލަމުން އެކަމާ ފާހަގަ ކުރެއްވި ގޮތުގައި އެވެރިކަމުގައި ފެނުނީ އަބްދުﷲ ޔާމިން ޓްރޭޑް މިނިސްޓަރެއްގެ ގޮތުގައި އިންނެވިތަނާއި ބަޖެޓު ފާސް ކުރެއްވުމަށް ސިއްރުން މަޖިލީހުގައި ބަހުސްކޮށް ކުރަން ބޭނުން ހުރިހާ ކަމެއް ކުރެއްވި ތަންކަމަށެވެ. އެހެނަސް ޒުވާނު ބިކަ ހާލުގައ ޖެހި އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް އެއްޗެއް ދިިންތަން ނުފެއްނަކަމަށް ވިދާޅުވަމުން ޔާމިންގެ އިގްތިސާދުގެ ކަންކަމުގައި ރާއްޖޭގައި އުފެދުނީ އެންމެ 10 މަހުޖަނު ކަންވެސް އެކަމަނާ ފާހަކުރެއްވިއެވެ.

އެމްޑީޕީއިން ނުކުންނަނީ ރަނގަޅު މެނިފެސްޓޯޔަކާ އެކީކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވިގޮތުގައި 3 އަހަރުގެ ތެރޭގައި އެމްޑީޕީއަކީ ވައުދުވެ ވާ ވައުދު ފުއްދާ ޕާޓީއެއްކަން ވަނީ ސާބިތުކޮށްދީފައެވެ. ނިންމަވާލައްވަމުން ހުރިހާ ވާދަވެރި ފަރާތްތަކަށް އެމްޑީޕީއަށް ވޯޓް ދެއްވުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.