ދެންނެވުން

އެމްޑީޕީގެ އެއްމެހާ ލޮބުވެތި މެމްބަރުންނާއި ސާޕޯޓަރުން މިއަދު އިރުއޮއްސި 6ގެ ފަހުން މާދަމާގެ ރިޔާސީ އިންތިޚާބުގެ ހުރިހާ ކެމެއް ނިމެންދެން އިންތިޚާބާއި ގުޅުން ހުރި އެމްޑީޕީގެ އެއްބުރުން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދިއުމާއި އެމްޑީޕީގެ ކެމްޕެއިން އާއި ގުޅުންހުރި އެއްވެސް ކެމްޕެއިން މެޓީރިއަލްއެއް ބޭނުން ނުކުރުމަށް ދަންނަވަމެވެ. މިކަމަކީ އިލެކްޝަންސްގެ ޤަވާއިދުންވެސް މަނާކުރެވިފައިވާ ކަމެއްކަމުން މި ފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދަންނަވަމެވެ. އަދި ވޯޓުލުމުގެ ކަންކަން ސުލްހަވެރިކަމާއި އޮމާންކަމާއިއެކު ކުރިޔަށް ގެންދިއުމަށްވެސް ދަންނަވަމެވެ.