ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޔާސީ އިންތިޚާބަށް ކަނޑައަޅައިފައިވާ “ކޮމްޕްލެއިންޓްސް ކޮމެޓީ” އިން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައެޅި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމް ހުސެއިން އާއި ބެހޭ ޝަކުވާގެ ޖަވާބު އެ ބިއުރޯއިން ދެއްވައިފިއެވެ.
އެމްޑީޕީއިން ހުށައެޅި ޝަކުވާއަކީ 28 އޮގަސްޓް 2013ގައި، އިލްހާމް ހުސެއިން މ. މުލަކު ސްކޫލަށް 000،100 ރުފިޔާ ހަދިޔާ ކުރެއްވި މައްސަލައެވެ.
ހުށައެޅި ޝަކުވާގެ ޖަވާބުގައި ގައުމީ އިލެކްޝަންސް ކޮމްޕްލެއިންްޓްސް ބިއުރޯއިން ނިންނަވައިފައިވަނީ އެބިއުރޯއިން ބެލިބެލުމުން އިލްހާމް ހުސެއިންގެ އެއަމަލަކީ ރިޔާސީ އިންތިޚާބު 2013ގެ ގަވާއިދުގެ 28 ވަނަ މާއްދާގެ ހ.ގެ 5 އާއި 14ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ޚިލާފު ކަންތައްތަކެއްކަމަށް ތުހުމަތުކުރެވޭކަމަށެެވެ. އެހެންކަމުން އެގޮތަށް ތުހުމަތުކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިކަން ބަލާ ތަހުގީގު ކޮށްދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ފޮނުވައިފައިވާކަމަށްވެސް އެޖަވާބުގައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފްވެރި ޑިމޮކްރެޓިކް އިންތިޚާބަކަށް ހެދުމަށްޓަކައި އެމްޑީޕީއިން ދަނީ ބުރަ މަސައްކަތްތަކެއްކުރަމުންނެވެ. އަދި ރިޔާސީ އިންތިޚާބު 2013ގެ ގަވާއިދާއި އެއްގޮތަށް އެންމެހާ ފަރާތްތަކުގެ އަމަލްތައް ބެހެއްޓެވުމަކީ މުހިންމު ކަމެކެވެ.