ރައްޔިތުންނަށް ގަބޫލުކުރެވޭ މިހާރު އެމްޑީޕީއިން ހުށައަޅައިފައިވާ މެނިފެސްޓޯ އަކީ އެއީ ދިވެހިރައްޔިތުންނަށް އެންމެ މުހިއްމު ފައިދާ ކުރާނެ މެނިފެސްޓޯ ކަން – ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީ

photo

އެމްޑީޕީއިން މިހާރު ހުށައަޅައިފައިވާ މެނިފެސްޓޯ އަކީ އެއީ ދިވެހިރައްޔިތުންނަށް އެންމެ މުހިއްމު ފައިދާ ކުރާނެ މެނިފެސްޓޯ ކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

މިއަދު (5 ސެޕްޓެމްބަރ 2013) ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުސްތަފާ ލުތުފީ ވިދާޅުވިގޮތުގައި އެމްޑީޕީގެ މެނިފެސްޓޯއަކީ ރައްޔިތުންނާއި ވާހަކަ ދައްކައި ރައްޔިތުންގެ އަޑު އަހައި ބޭނުންތައް ދެނެގަނެ ރައްޔިތުންނަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއްކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. އަދި ރައްޔިތުން ވޯޓް ދޭންވާނީ ފަސް އަހަރުގެ ތެރޭގައި އަދި އޭގެ ފަހުންވެސް ހިނގަމުންދާ ފައިދާ ހުރި ސިޔާސަތުތަކަކަށް ކަމަށް ރައްޔިތުން ގަބޫލުކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ މެނިފެސްޓޯ ތައްޔާރުކުރުމަށް އެންމެ ބޮޑު ބުރަ މަސައްކަތްތަކެއް ކުރީވެސް އެމްޑީޕީކަން ރައްޔިތުން ގަބޫލުކުރާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި އެމްޑީޕީއިން ރައްޔިތުންގެ އަޑު އަހައި އެޔަށް ޕޮލިސީ ތައްޔާރުކޮށް އެޔާއި އެއްގޮތަށް ކަންކަން ތައްޔާރުކުރުމަށް ރައްޔިތުން ކައިރިޔަށް އަނެއްކާވެސް ގޮސް ހިޔާލު ހޯދިއެވެ.

މެނިފެސްޓޯގައި ވާކަންތައްތައް ފުއްދާނެ ކަން ރައްޔިތުންނަށް އެނގެނީ އެމްޑީޕީއަކީ ވައުދުވެ ވައުދުފުއްދާ ޕާޓީއަކަށް ވާތީ ކަމަށް ފާހަގަކުރައްވަމުން ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީ ވިދާޅުވިގޮތުގައި 2008 ވަނަ އަހަރު ވީ ވައުދުތައް އެމްޑީޕީއިން މިވަނީ ވަރަށް ރަނގަޅައް ފުއްދައިފައެވެ. އެކަން ރައްޔިތުން ގަބޫލުކުރާކަމަށް ވިދާޅުވަމުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް އެއީ ވަރަށް ފުރިހަމަ ބަލައިގަންނަ އެނިޒާމުގެ ސަބަބުން ރައްޔިތުންނަށް ފަރުދީ އަދި އިޖުތިމާއީ ފައިދާތަކެއްވާ ނިޒާމެއްކަން ވަނީ ފާހަގަކުރައްވައިފައެވެ.

އަލުން އަނެއްކާވެސް ޑިމޮކްރެޓިކް ވެރިކަމަކަށް މަގުފަހިވުމަށް ވަރަށް ބޮޑަށް ކައިރިވެފައިވާކަން ފާހަގަކުރައްވަމުން ޑރ.މުސްތަފާ ވިދާޅުވިގޮތުގައި މާދަމާނޫން އަނެއް ދުވަހަކީ ވަރަށް މުހިއްމު ނިންމުމެއް ނިންމާ ދުވަހެކެވެ. އެތަކެއް ދުވަހެއް ވަންދެން ރާއްޖޭގެ އެތަން މިތާގައި ދަތުރުކޮށް އެމްޑީޕީއިން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަތަކާއި އަޑު އަހިއިފިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ފެނުނު މަންޒަރަކީ އެއްބުރުން މިއިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ މަންޒަރެވެ.

މިޒަމާނުގެ އަވަހަށް ކުރަން ޖެހޭ ކަންތައްތައް އޮތް ގައުމެއްގައި ރައީސް ނަޝީދަކީ ޑިމޮކްރެޓިކް ވެރިޔެއްގެ ގޮތުން ހުންނަން އެންމެ އެކަށީގެންވާ ބޭފުޅާކަން ރައްޔިތުން ފުރިހަމަޔަށް ގަބޫލުކުރާކަމަށް ހާމަކުރައްވަމުން މިއީ ދަތުރު ތަކުން ފާހަގަވީ ކަންތައްތައް ކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.