ރައީސް ނަޝީދު މީޑިއާތަކާއި ވަކިވަކިން ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ބައެއް މީޑިއާތަކާއި ބައްދަލުކުރައްވައިފިއެވެ. ކޮންމެ މީޑިއާއަކާއިވެސް ވަކިވަކިން ބޭއްވި މިބައްދަލުން ބާއްވައިވައިފައިވަނީ ހ. މޫކައި ހޮޓެލްގައެވެ.

މިގޮތުން ބައްދަލުކުރެއްވައިފައިވާ މީޑިއާ ފަރާތްތަކަކީ ރާއްޖެ ޓީވީ، ޗެނަލް ނިއުސް މޯލްޑިވްސް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، 97މިނިވަން، ޖަޒީރާ ޓީވީ، ހަވީރު، ސަން އޮންލައިން، މިނިވަން ނިއުސް، މިއަދު ނޫސް އަދި ދިވެހި ސިޓީއެވެ. ކޮންމެ ފަރާތަކާއި އެކުވެސް ރައީސް ނަޝީދު ހޭދަކުރައްވައިފައިވަނީ 10 މިނެޓުގެ ވަގުތުކޮޅެކެވެ.

މީޑިއާގެ ފަރާތުން ރައީސް ނަޝީދުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ދާގޮތާއި، އަދި ރައްޔިތުންނަށް އެމްޑީޕީއިން ހުށައަޅައިފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުން ސުވާލުކުރައްވައިފައިވެއެވެ. އަދި ވެވަޑައިގަންނަވަމުންދާ ވައުދުތައް ފުއްދެވުމަށް ކުރައްވާނޭ މަސައްކަތްތަކާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ.