އެމްޑީޕީގެ “ކުރިއަށް ކުރިއަށް ކުރިއަށް ” އެއްބުރުން ޖަލްސާ މާދަމާ ރޭ އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ކުރިއަށް ކުރިއަށް ކުރިއަށް” އެއްބުރުން ޖަލްސާ މާދަމާ(5 އޯގަސްޓް 2013- ބުރާސްފަތި) ރޭ 9 ޖަހާއިރު ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

7 ސެޕްޓެމްބަރ 2013 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީއިން ބާއްވާ އެންމެފަހުގެ އެއްބުރުން ޖަލްސާ ގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.