އަމުރަށް ނުކިޔަމަންތެރި ވި ކަމަށް ބުނެ އިމްތިޔާޒް ފަޙުމީ ޖިނާއީ ކޯޓަށް ހާޒިރު ކުރަނީ

އެމްޑީޕީގެ ޕާލިއަމެންޓަރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޕާޓީގެ ސްޕޯކްސްޕާސަން އަލްއުސްތާޛް އިމްތިޔާޒް ފަޙުމީ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެމަނިކުފާނުންނަށް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.

އިއްޔެ ޖިނާޢީ ކޯޓުން އިމްތިޔާޒަށް ޗިޓު ފޮނުވުމުން އިމްތިޔާޒް ވިދާޅުވީ އެމްޑީޕީގެ މި ކެމްޕެއިން ބާރަށް ހިނގާ ހިނގާ އޮއްވާ މިފަދަ އެންގުންތައް އަންގާ އެބޭފުޅާ ހިފެހެއްޓުން އެއީ ސިޔާސީ މަގުސަދައްޓަކައި ކުރިކަމެއްކަމަށާއި އަދި މި ފަދަ އަމަލު ތަކަކީ މި ޕާޓީގެ ކެމްޕެއިން ގައި އިސްކޮށް ހަރަކާތްތެރިވާ ބޭބޭފުޅުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކުރާ ކަމެއްކަމަށާއި، ޕާޓީގެ ސްޕޯކްސްޕާސަންގެ ހައިސިިއްޔަތުންނާއި ރައްޔިތުންގެ މަޖިލިސް މެމްބަރުގެ ހައިސިއްޔަތުން އިންސާފަށާއި ހައްޤަށް ކުރެވެން ހުރި ކަންތަކުގައި އަޑު އުފުލާ މަސައްކަތް ހުއްޓަނުލާ ކުރިޔަށް ގެންދާތީ އެކަންކަން ހަޖަމު ނުކުރެވިގެން ބިރުދެއްކުމުގެ މަގްސަދުގައި ބޭއިންސާފުން ބާރުގެ ބޭނުންކުރަން ކުރާ ކަމެއްކަމުގައިވެސް އިމްތިޔާޒް ވިދާޅުވިއެވެ.

މިރާއްޖޭގެ ވެރިކަން ބަދަލުކޮށްލާފައިވަނީ ބަޣާވާތަކުންކަމާއި އެމްޑީޕީގެ ކެމްޕެއިން މި ދާ ސްޕީޑް އެއީ ހަޖަމު ނުކުރެވޭ ކަމަކަށް ވުމުން މި ޕާޓީ ގެ މެމްބަރުންނާއި ކެމްޕެއިންގެ އިސް ހަރަކާތް ތެރިންނަށް ބިރު ދައްކާ ކެމްޕެއިން އަށް ހުރަސް އެޅުމުގެ މަގްސަދުގައި ކުރާ ކަމެއްކަމުގައެވެ.އަދި އެމްޑީޕިއަށް ތާޢީދުކުރާ ފަރާތްތައް އިތުރުވެ ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖޭގައި ބާރު ސްޕީޑުގައި ކުރިޔަށް ދާތީ އެކަމާ މާޔޫސްވެ ގޮތްހުސްވެގެން ހަސަދައާއި ހަތުރުވެރިކަމުގެ ދުއްތުރާ ކުރުންނޫން ގޮތެއް ނެތުމުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށާއި ޕާޓިގެ އެހެނިހެން މަގާމުތަކަށް އިންތިޚާބުވެފައިތިބި ބޭފުޅުންގެ މައްޗަށް އެއްވާނަކަށް ދަޢުވާތަށް ކުރުމަށް ހިންގާ އަމަލުތައްކަންވެސް ފާހަގަ ކުރެވެއެވެ.

މިހާރުގެ ބާޣީ ވެރިކަން ދެމެހެއްޓުމަށްޓަކާ ލާއިންސާނީ އަދި އަގަލުކުޑަ އަނިޔާކުރުމުގެ ޢަމަލުތައް އެތައް ރައްޔިތުންނަކާ ދެކޮޅަށް ހިންގަމުން، ގެންދިއުން އެއީ އިންޒާރުތައްކަމުގައި ހަދައިގެން، އެމްޑީޕީއަށް އިތުރުވަމުންމިދާ ތާއީދާއި އެކު ރިޔާސީ އިންތިޚާބު އިރާދަފުޅާއެކު އެމްޑީޕީ އެއްބުރުން ކާމިޔާބުކުރާތަން އެބޭފުޅުންނަށް ފެންނާތީ ކުރައްވާ ކަންތައްތައް ކަމުގައިވެސް އިމްތިޔާޒް ވިދާޅުވިއެވެ.