އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބާއި ކޮންގްރެސް އާ ބެހޭ މަޢުލޫމާތު ދިނުމަށް މިރޭ އެޕާޓީގެ ހަރުގޭގައި ބައްދަލުވުމެއް އޮންނާނެ

24 އޯގަސްޓް 2010

mdp-logo

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބާއި، އެމްޑީޕީ ކޮންގްރެސް އާ ބެހޭ މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމަށް އެޕާޓީން ކަނޑައަޅާފައިވާ ތާރީޚަކީ މިއަންނަ ސެޕްޓެމްބަރު މަހުގެ 3 ވާ ހުކުރު ދުވަސް ނަމަވެސް އެތާރީޚަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެޕާޓީން ބުނެއެވެ.
އަދި މިއަންނަ އޮކްޓޯބަރ 28 ން 30 އަށް އެމްޑީޕީގެ ކޮންގްރެސް ބޭއްވޭތޯ އެޕާޓީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްޑީޕީ އޮފީހުން ބުނެއެވެ.
އަމީނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައި މިރޭ ބާއްވާ މި ބައްދަލުވުން ފެށޭނީ 9.30 ގައެވެ.