ވަރަށް ގިނަ އަދަދެއްގެ ގޭގެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އެގެތަކަށް ވަޑައިގަތުމަށް އެދޭ – ހާމިދު އަބްދުލް ޤަފޫރު

މިއަދު (31 އޯގަސްޓް 2013) ފެށުނު “ކުރިއަށް ކުރިއަށް ކުރިއަށް” ޕާޓީގެ ފަރާތުން ދޮރުން ދޮރަށް “އެއްބުރުން” ހިނގޭ ބޮޑު ހިނގުމާއި ބެހޭގޮތުން މާލެ ސިޓީ ހޯލްގައި ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއި އިބްރާހިމް ހުސެން ޒަކީއާއި އެކު ވާހަކަ ފުޅު ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލް ގަފޫރު ވިދާޅުވިގޮތުގައި ވަރަށް ގިނަ އަދަދެއްގެ ގެތަކުން އެގެތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އެގެތަކަށް ވަޑައިގަތުމަށް އެދޭކަމަށް ހާމަކުރައްވަމުން އެކަމަށް ވަރަށްވެސް ބޮޑު ޑިމާންޑެއް އޮތްކަމަށް ފާހަގަކުރައްވިއެވެ. އަދި މިކަން ފުރިހަމަ ކުރުމަށްޓަކައި ކޮންމެ ދާއިރާއެއްގައިވެސް ދާއިރާގެ ރައީސް މެދުވެރިކޮށް އެކަމަށް ޝޯޓްލިސްޓުކުރެވޭނެކަމަށް ހާމަކުރެއްވިއެވެ.

މިއަދު ހެނދުނު 9 އެއް ޖެހި އިރު ފެށުނު “ކުރިއަށް ކުރިއަށް ކުރިއަށް” ޕާޓީގެ ފަރާތުން ދޮރުން ދޮރަށް “އެއްބުރުން” ހިނގޭ ބޮޑު ހިނގުމުގެ ކެމްޕެއިން ހަރަކާތުގައި ދާއިރާ ތަކުން އެންމެ ވިސްނުންތެރިކަމާއެކު ކުރާ މަސައްކަތަކީ ދާއިރާތަކުގައި ނުދެވި ހުރި ބައެއް މަދު ގޭގެއަށް ދިއުމާއި އެމްޑީޕީ ގެތައް ނޫން އެހެން ގެތަކަށް ދިއުމުވެ.

ރާއްޖެއިން ބޭރުގައި މި ކެމްޕެއިން ހިނގަމުންދާ ގޮތުގެ މައްޗަށް އަލި އަޅުވާލަމުން ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއި އިބްރާހިމް ހުސެން ޒަކީ ވިދާޅުވިގޮތުގައި އިންޑިޔާ، ސްރީ ލަންކާ، އިނގިރޭސި ވިލާތް އަދި މެލޭސިޔާގައިވެސް މި ކެމްޕެއިން ވަރަށް ޖޯޝާއި ފޮރިޔާއެކު ކުރިޔަށް އެބަދެއެވެ. މާލޭގައި މިމަސައްކަތް ހިނގަމުން އަންނަނީ މާލޭގައި ހުންނަ 50 ހަށް ވުރެ ގިނަ ޖަގަހަތައް މެދުވެރިކޮށްކަމަށާއި އަތޮޅުތަކުގައި ދާއިރާތައް ވަކިވަކިން ކޯޑިނޭޓަރުންނާއި އެކު މިމަސައްކަތް ކުރިޔަށް ދާކަމަށްވެސް ނޫސްވެރިންގެ މިބައްދަލުވުމުގައި ހާމަކުރެވުނެވެ.

މިގޮތައް ކެމްޕެއިން ކުރުމުން ވޯޓަށް އަންނަ ބަދަލުތައް ފެންނަ ކަމަށާއި ސިޔާސަތުތަކަށާއި މެނިފެސްޓޯއަށް އަމާޒުކޮށްގެން ކެމްޕެއިން ކުރުމުން އެމްޑީޕީގެ ތާއީދު އިތުރުވާކަމަށް ފާހަގަކުރައްވަމުން ހާމިދް ވިދާޅުވިގޮތުގައި ވަކި ކޮޅަކަށް ސަޕޯޓު ނުކުރާ ފަރާތްތަކުގެ ވޯޓުވެސް މަޑުމަޑުން އެމްޑީޕީ ކޮޅަށް އެބަ އެނބުރެއެވެ. އަދި މިމަސައްކަތުގައި ޕާޓީގެ މެންބަރުން ނޫންކަމުގައިވިޔަސް ޕާޓީއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ މީހުންވެސް ބައިވެރިވާކަމަށް ފާހަގަ ކުރައްވަމުން ދާއިރާއަކުން 200 އެއްހާ ވޮލެންޓިޔަރުން ބައިވެރިވާކަމަށް ފާހަގަކުރެއްވިއެވެ.