“ކުރިއަށް ކުރިއަށް ކުރިއަށް” އެމްޑީޕީގެ ދޮރުން ދޮރަށް ބޮޑު ހިނގުން، ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުރިހާ ގެއަކަށް” ހޮނިހިރު ދުވަހު

“ކުރިއަށް ކުރިއަށް ކުރިއަށް” ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ދޮރުން ދޮރަށް ބޮޑު ހިނގުން، “ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުރިހާ ގެއަކަށް” ވަނުން މާދަމާ (31 އޯގަސްޓް 2013-ހޮނިހިރު) ދުވަހު ހެނދުނު9:30 ގައި ފެށޭނެއެވެ. މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މާދަމާ ދޮރުން ދޮރަށް ހިނގުން ކުރިއަށް ދާނެއެވެ.

މި މަސައްކަތުގައި އެމްޑީޕީގެ ފަރާތުން ވޯޓުލާދުވަހުގެ ކަންތައް ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ވޯޓުލުމާ ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު އަރުވާ ހުރިހާކަމެއް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ.

މާލޭގައި މިމަސައްކަތް ކުރިއަށް ދާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުވެސް ދޮރުން ދޮރަށް ހިންގަވާނެއެވެ.

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ވިސްނުމާއި ފިކުރާއެކު ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމަށް ވަކާލާތު ކުރާ ޕާޓީއެކެވެ. އެހެންކަމުން ވީހާވެސް ގިނަ އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތެރިންނާއި އެމްޑީޕީއަށް ތާއީދުކުރާ ހުރިހާ ބޭފުޅުންވެސް މިމަސައްކަތުގައި ބައިވެރިވެވުމަކީ އެމްޑީޕީގެ އެދުމެކެވެ.