‘އެންމެން އެއްބުރުން’ގެ ނަމުގައި މިއުޒިކް ޝޯ އުފާ އުފަލުން ވަރަށް ކާމިޔާބުކަމާއިއެކު ނިންމައިފި

“އެންމެން އެއްބުރުން” “ބޭނުމީ އިންސާފު، ހޮވާނީ ރައީސް ނަޝީދު” ގެ ނަމުގައި ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މިއުޒިކް ޝޯ ވަނީ އުފާ އުފަލުން ވަރަށް ކާމިޔާބުކަމާއިއެކު ނިންމާފައެވެ.

7 ސެޕްޓެމްބަރ 2013 ގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާޢިދު އިތުރުކުރުމަށް އެމްޑީޕީއިން ކުރަމުންގެ ގެންދާ “އެއްބުރުން” ކެމްޕެއިންގައި ރޭ ރާޅުގަޑު ސަރަހައްދުގައި ބޭއްވި ލައިވް މިއުޒިކް ޝޯ “އެއްމެން އެއްބުރުން” ގައި އެކި ފަންނާނުންގެ ލަވަތަށް ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ވެސް ވަނީ ޑީޖޭ އުމަރުގެ މިއުޒިކަށް ވާހަކަފުޅު ދައްކަވައިފަައެވެ. އަދި ރޭގެ ޝޯގައި އެމަނިކުފާނުންގެ ވަރަށް ޙާއްސަ ކުރެވިގެންދިޔަ ވާހަކަ ފުޅު ފެއްޓެވުމުގައި “ބެލްޓް އަޅުއްވާ ބާރަށް، ބާރަށް، މި މޭރުމުން ވާހަކަފުޅު ފެއްޓެވުން ވެގެންދިޔައީ މުޅި މާޙައުލަށް ޖޯޝު އިތުރުވެގެންދިޔަ ކަމަކަށެވެ.

“އެންމެން އެއްބުރުން” “ބޭނުމީ އިންސާފު، ހޮވާނީ ރައީސް ނަޝީދު” ގެ ނަމުގައި ބޭއްވި މިއުޒިކް ޝޯގައި ރާއްޖޭގެ ހުނަރުވެރި ވަރަށް ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުލް ހަންނާނު މޫސާ ދީދީ އާއި، ނިމާލް އާއި، ދިފޫ އާއި، ޓްރެފިކް ޖޭމާއި، އީމާންގެ ކޮންސްޕިރަސީގެ އިތުރުން ޑިންބާ އެންޑް ދަރިންގެ ދަރިންނާއި، އަވަރ ގްލާސްއާއި. ހަރުބީއާއި، މުޙުތާރުއާއި ދަ ފައިވް ގެ އިތުރުން ވެސް ފަންނާނުން ވަނީ ލަވަ ހުށަހަޅުއްވައިދެއްވާފައެވެ.

ޝޯއަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުދި ބޮޑު އެއްމެންނަށް މުޚާތަބު ކުރައްވާ ޑީޖޭ އުމަރާއެކު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެދެއްވީ، އެމްޑީޕީގެ ސަރުކާރުގައި ހޯދި ކާމިޔާބީއާއި އަދި އެއްބުރުން އަނެއްކާވެސް ވެރިކަމަށް ހޮވަންޖެހޭ ސަބަބު އޮޅުންފިލުވައިދެއްވިއެވެ. ހަމައެހެންމެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓުން ވަމުންދާ ވައުދުތަކަކީ ސިޔާސަތެއް ނެތި ވަމުންދާ ވައުދުތަކެއްކަން ހަނދުމަފުޅުކޮށްދެއްވިއެވެ. ދެން ހުއްޓާލާނީ އަންނަ ނޮވެމްބަރު މަހު އަނެއްކާ ވެސް ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުވާކޮށްފައި ކަމަށާއި، ރައްޔިތުން އެދެނީ ތަރައްގީ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ތިބީ ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރަން ތައްޔާރަށް ކަމަށާއި އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށާއި ،ދިވެހި ޤައުމު ކުރިއަށް، ކުރިއަށް” ފަދަ ބަސްފުޅުތައް ހިނިތުންވުމާއި އެކު ވިދާޅުވަމުން ގެންދެވިއެވެ.

ރޭގެ “އެންމެން އެއްބުރުން” ޝޯ ހުށަހަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒްގެ އިތުރުން އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އައިމިނަތު ޝައުނާ އެވެ. ޝޯ ބައްލަވާލެއްވުމަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.