ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ޔަގީންކުރުމަށް ޕީޕީއެމްގެ މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އެމްޑީޕީން ތަދައްޙުލުވުމަށް ކޯޓަށް ހުށަހަޅައިފި

ޕީޕީއެމްގެ އިސްތިއުނާފު މަޖިލީހުގެ މެމްބަރު އަދި ގާނޫނޫ ވަކީލް އަހުމަދު ޒަނީން އާދަމް އިލެކްޝަނާ ދެކޮޅަށް އަމިއްލަ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ތެރެއަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ތަދައްޙުލުވުމަށް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ވަނީ ކޯޓުން ބަލައިގަންފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ޔަގީންކުރުމަށް ޕީޕީއެމްގެ މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އެމްޑީޕީއިން ތަދައްޙުލުވާން ބޭނުންވެ މައްސަލަ މިއަދު ހުށަހެޅި ސަބަބަކީ “މައްސަލައިގައި ސްޕްރީމް ކޯޓްއިން ކޮށްފާނެ ހުކުމެއްގެ ސަބަބުން މި ޕާޓީއަށް ސީދާ ގޮތެއްގައި އަސަރު ކުރާނެތީއާއި ޕާޓީގެ ރައްޔު ޝަރީއަތުގައި ބަޔާން ކުރުން މުހިއްމު ކަމުގައި ފެންނާތީ” ކަމަށް އެމްޑީޕީގެ ލޯޔަރުންގެ ޓީމުން ވިދާޅުވިއެވެ.

މިއަދުގެ ވަގުތެއްގައި ޕީޕީއެމްގެ ގާނޫނޫ ވަކީލް އަހުމަދު ޒަނީން އާދަމް އިލެކްޝަނާ ދެކޮޅަށް އަމިއްލަ ގޮތުން ހުށަހެޅި މައްސަލައިގެ އަޑުއެހުން ކުރިޔަށް ދާނެކަމަށާއި އެމްޑީޕީގެ ލޯޔަރުންގެ ޓީމުން މި އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.