އިންތިޚާބު ފަސްކުރުމަށް ޕީޕީއެމް އިން ސުޕްރީމް ކޯޓަށް ހުށައަޅައިފައިވާ މައްސަލަޔާ ދެކޮޅަށް އެމްޑީޕީއިން ޕެޓިޝަނެއް ތައްޔާރުކުރަނީ

އިންތިޚާބު ނުބާއްވާ ފަސްކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސްތިއުނާފު މަޖިލީހުގެ މެމްބަރު އަހުމަދު ޒަނީން އާދަމް ސުޕްރީމް ކޯޓަށް ހުށައަޅައިފައިވާ މައްސަލަޔާ ދެކޮޅަށް އެމްޑީޕީއިން ޕެޓިޝަނެއް ތައްޔާރުކުރަމުން އެބަ ގެންދެއެވެ.

މި ޕެޓިޝަނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައަޅާ ޕެޓިޝަނަކަށް ވާއިރު އޭގައި ދިވެހިރައްޔިތުންނަށް އިންތިޚާބީ ސަރުކާރެއް ޤާއިމުކުރުމަށް ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބޭއްވޭ މި އިންތިޚާބަކީ މިނިވަން، އިންސާފުވެރ ފުރުޞަތަކަކަށް ވާއިރު އެކަމުގެ މައްޗަށް ބަޔަކު ނުފޫޒު ފޯރުވަން އުޅޭތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޕެޓިޝަނުގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސޮއިކުރަމުންނެވެ.

petition