އަރި އަތޮޅުގައި ކުރިޔަށްގެންދާ 3 ދުވަހުގެ ކެމްޕެއިން ދަތުރު މިއަދު ފަށައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު އިތުރުކުރުމަށް އަރިއަތޮޅުގައި ކުރިޔަށް ގެންދާ “އެއްބުރުން” ކެމްޕެއިން ގެ ދަތުރު މިއަދު( 27 އޯގަސްޓް 2013) ހެނދުނު ވަނީ ފަށާފައެވެ.

މިއަދު އަރިއަތޮޅަށް މި ފެށި 3 ދުވަހުގެ ދަތުރުގައި، ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ، ފެރިދޫ، މަތިވެރި، ބޮޑުފޮޅަދޫ، ތޮއްޑޫ، އުކުޅަސް އަދި ރަސްދޫ އަށެވެ. އަދި މި ރަށްތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ އަރި އަތޮޅަށް ކަނޑައަޅައިފައިވާ ކޯޑިނޭޓަރުންގެ އިތުރުން ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު ސަމީރެވެ.

އަރި އަތޮޅުގެ މިފަހަރުގެ ދަތުރުގައިވެސް ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި ކަންމަތީ ޖަލްސާތައް ބާއްވަވާ ޕާޓީގެ ސިޔާސަތުތައް ހާމަކޮށްދެއްވާނެއެވެ. މިގޮތުން، ދޮރުން-ދޮރަށް ހިނގުމުގައި ޕާޓީގެ ސިޔާސަތުތަކާއި ވައުދު ތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާ، ޕާޓީގެ މެނިފެސްޓޯގެ ކޮޕީ ގޭގެއަށް ހަދިޔާ ކުރައްވައި، ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ވޯޓް ލާންވީ ސަބަބުތައް ސާފުކޮށް އޮޅުންފިލުއްވައިދެއްވާނެއެވެ.