ހދ. ވައިކަރަދޫ އަދި ނޮޅިވަރަމް ދާއިރާގެ “އެއްބުރުން” ކެމްޕެއިންގެ ސްޕީޑް އިތުރު ބާރު މިނިކަށް

ހދ. އަތޮޅުގެ ވައިކަރަދޫ އަދި ނޮޅިވަރަމް ދާއިރާގައި “އެއްބުރުން” ކެމްޕެއިންގެ ސްޕީޑް އިތުރު ބާރު މިނަކަށް ގެންގޮސްފައިވާ ކަމަށް ވައިކަރަދޫ ދާއިރާގައި މިހާރު ހަރަކާތްތެރިވާ އެމްޑީޕީގެ ޓީމުން ޕާޓީގެ ޗެއަރޕާސަންގެ ނައިބު މާލީ އަޙްމަދު މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ވިދާޅުވިގޮތުގައި، ފާއިތުވި 3 ދުވަހުގައި ވައިކަރަދޫ ދާއިރާ އަދި ނޮޅިވަރަމް ދާއިރާގެ ރަށްތަކުގައި “އެއްބުރުން” ކެމްޕެއިންގެ ހަރަކާތްތައް އިތުރުކޮށް އާ ބާރި ސްޕީޑެއްގަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައެވެ.

މިދަތުރު ތަކުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި ކަންމަތީ ޖަލްސާތައް ބާއްވަވާ ޕާޓީގެ ސިޔާސަތުތައް ހާމަކޮށްދެއްވައެވެ. މިގޮތުން، 2 ޓީމަކަށް ވަކިން މަސައްކަތްތައް ކުރެވެމުންދާއިރު މި 2 ދާއިރާގަވެސް ދޮރުން-ދޮރަށް ހިނގުމުގައި ޕާޓީގެ ސިޔާސަތުތަކާއި ވައުދު ތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާ، ޕާޓީގެ މެނިފެސްޓޯގެ ކޮޕީ ގޭގެއަށް ހަދިޔާ ކުރައްވައި، ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ވޯޓް ލާންވީ ސަބަބުތައް ސާފުކޮށް އޮޅުންފިލުއްވައިދެއްވައެވެ.އަދި ފާއިތުވި 3 ދުވަހުވެސް ކޮންމެ ދުވަހެއްގެ ހަވީރު ވައިކަރަދޫގެ ކައުންސިލަރުން އެ ރަށުގެ ދޮރުން ދޮރަށް ހިނގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކުރައްވާ، މިރޭ މަކުނުދޫގައި ބާއްވާ އެއްބުރުން” އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ އިބްރާޙިމް ރަޝީދު (ބޮންޑަ) މަކުނުދާއަށް ދަތުރު ކުރައްވާކަމަށް މައުސޫމް ވިދާޅުވިއެވެ.

މި މަހުގެ 28ހާ ހިސާބަށް މި ދެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ވައިކަރަދޫ ދާއިރާގައި، ވައިކަރަދޫ ދާއިރާގެ ރައީސް އަޙްމަދު ޙާޝިމް އަދި އަޙްމަދު މައުސޫމްއެވެ. ނޮޅިވަރަމް ދާއިރާގައި މަނަދޫ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ތޯރިގް ގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާޙީމް ވަޙީދެވެ.